March 14, 2026
Advertisement
ރައްޔިތުންގެ ބާރުތައް ފޭރިގަނެ ހުރިހާ ބާރެއް މުއިއްޒުގެ މުށު ތެރެއަށް!
ރައްޔިތުންގެ ބާރުތައް ފޭރިގަނެ ހުރިހާ ބާރެއް މުއިއްޒުގެ މުށު ތެރެއަށް! / ތޭރަގްރެފިކްސް

ދެއިރު ކާ ބޭހެއްހެން ގާނޫނުއަސާސީއާ ކުޅެން މިއީ މުއިއްޒުގެ ތުނބުޅިއެއް ނޫން: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 4, 2026, 10:29 PM
މާލެ ސިޓީ

ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށްޓަކައި މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކުރުމާ ގުޅިގެން، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ދެއިރުކާ ބޭހެއްހެން ޤާނޫނު އަސާސީއާ ކުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ދިވެހިރާއްޖެއަކީ ޤައުމެއްކަން ހަނދާންކޮށްދެއްވަމުން މަލީހް ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަމަލުފުޅުތަކަށް ހަރުކަށި އިބާރާތުން ފާޑުވިދާޅުވެފައެވެ.

"މުއިއްޒުގެ ތުނބުޅި ކޮންމެ ދުވަހަކު ޑިޒައިން ކުރާހެން ޤާނޫނު އަސާސީ ކޮންމެ ދުވަހަކު ރޭޒަރުން ބޭލުމުގެ އިޚްތިޔާރު ރައްޔިތުން ހަވާލެއް ނުކުރޭ،" މަލީހްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ސަރުކާރުން ބޭނުންހާ ގޮތަކަށް ނިންމުންތައް ނިންމާ ބައެއްގެ ގޮތުގައި ސިފަކުރައްވަމުން މަލީހް ވިދާޅުވީ، މިހާރު މަޖިލީހުގައި ތިއްބެވީ "އެޅިހާ ބަތަކަށް ރިހަވެފައި ތިބި އަޅުން" ކަމަށެވެ.

ދައުރުން ބޭރުން ބާއްވާ ހާއްސަ ޖަލްސާއެއް މާދަމާ ހެނދުނު 9:00 އަށް ތާވަލުކޮށް، މެންބަރުން މިހާރު ވަނީ އެޖެންޑާ ފޮނުވައިފަ އެވެ. އެ އެޖެންޑާގައިވާ ގޮތުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހުގެ ބިލެއް ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވެ އެވެ. ނަމަވެސް، އެ ބިލުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި، ޕީއެންސީ މެންބަރުން މަސައްކަތް ކުރައްވަނީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް މަޖިލިސް ގެންދިއުމަށެވެ.

މި އިސްލާހުތައް އަވަސް އަރުވާލައިގެން ފާސްކުރަން އުޅޭތީ، އާންމުންގެ މެދުގައިވެސް މިހާރު ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved