March 14, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހް
ޕީއެންއެފްގެ އެސްޖީ މަލީހް / މިހާރު

ޚަރަދު ކުޑަކުރުމުގެ ވިސްނުމެއް މުއިއްޒުގެ ކިބައިގައި ނެތް: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 6, 2026, 06:43 PM
މާލެ ސިޓީ

ޚަރަދު ކުޑަކުރުމުގެ ވިސްނުމެއް ރައީސް މުހައްމަދު މުއިއްޒުގެ ކިބައިގައި ނެތް ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

ޚަރަދު ކުޑަކުރުމުގެ ނަމުގައި މައި ދެ އިންތިހާބު އެއްކޮށްލާ މަޖިލީހުގެ ދައުރު ކުޑަކުރަން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

އެކަމަށް އިޝާރާތްކުރައްވާ މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަށް ވުރެ ޚަރަދު ކުޑަކުރުމުގެ ގޮތުން މިނިސްޓްރީތަކުގެ އަދަދު މަދުކުރުން މާ ރަގަޅު ކަމަށެވެ.

އެގޮތުން އެލްޖީއޭ މިނިސްޓްރީއެއް އޮންނަން ނުޖެހޭ ކަމަށާ ޅެން ފަރުވާ މިނިސްޓްރީއަކީ ބޭކާރު މިނިސްޓްރިއެއް ކަމަށާ ބުޅާ މިނިސްޓްރީއަކީ އިސްރާފެއް ކަމަށް ވިދާޅުވެ މަލީހު އިތުރަށް ވިދާޅުވީ، ޔޫތު އާ ސްޕޯޓްސްއަކީ ވަކި ދެ މިނިސްޓްރީއަކަށް ވާން ނުޖެހޭ ކަމަށާ އެންވަޔަރަމަންޓު މިނިސްޓްރީއެއް ވެސް އޮންނަން ނުޖެހޭ ކަމަށާ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ވެސް ވަކިން އޮތުން ބޭކާރު ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ކަންކަމަށް ބަލާއިރު ކަރަދު ކުޑަކުރުމުގެ ވިސްނުން ރައީސް މުއިއްޒުގެ ކިބައިގައި ނެތް ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved