theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ހަނިމާދޫ އެއާޕޯޓު ހިންގަން އިންޑިއާއަށް: މިއީ ދޮގެއްކަމަށްބުނެ ރައްޔިތުން ގުނބޯ ހެއްދުމުގައި / ތޭރަގްރެފިކްސް
ރިޕޯޓު
ހަނިމާދޫ އެއާޕޯޓު ހިންގަން އިންޑިއާއަށް: މިއީ ދޮގެއްކަމަށްބުނެ ރައްޔިތުން ގުނބޯ ހެއްދުމުގައި!
Yana Shareef
ޔާނާ ޝަރީފް
07 ޖެނުއަރީ 2026

އިދިކޮޅުގައި އޮތް އިރު އަޑުން އަޑު ނަގައި "އިންޑިއާ އައުޓް" ކިޔާފައި ވެރިކަމަށް އައުމުން ވެސް އިންޑިއާގެ ފައިބުޑަށް ވެއްޓުނީ އެންމެ ފަހަރަކު ދެ ފަހަރަކު ނޫނެވެ. މި ވެރިކަމުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ މުސްލިމުންނަށް އަނިޔާވެރި ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ފުރައްސާރަކުރުމުން ވެސް ވިދާޅުވީ "ވީ މައިޓް ބީ ސްމޯލް، ބަޓް ދެޓް ޑަޒެންޓް ގިވް ޔޫ ދަ ރައިޓް ޓު ބުލީ އަޒް" އެވެ. ގަދަ ބަސް ބުނެފައި ވެސް ދެން ފެނުނީ އިންޑިއާއަށް ސަނާ ކިޔާ އިންޑިއާގެ ބޮޑު ވަޒީރު ގައިގައި ބައްދާ އެވަރެއް ނެތި އުޅުނު މަންޒަރެވެ.

މިދިޔަ ސަރުކާރުގައި އިންޑިއާ ގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ގެ ދަށުން ތަރައްގީ ކުރި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދަން ރައީސް  މުއިއްޒުގެ ސަރުކާރުން އެދުނު ވާހަކަ އަކީ މިފަހަކަށް އައިސްަ ހުރިހާ ފަރާތްތަކުންވެސް ދައްކަމުން އަންނަ ވާހާކައެވެ.

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ އިން ފަންޑުކުރާ "ދަ ހިންދޫ" ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މިދިޔަ ހަފްތާގެ ކުރީކޮޅު، ސިވިލް އޭވިއޭޝަން މިނިސްޓްރީން އޭ.އޭ.އައި.އަށް ފޮނުވި ސިޓީއެއް ގައި ބަޔާންކޮށްފައި ވަނީ މި ހުށަހެޅުން ހުށަހަޅާފައިވަނީ، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސް މުޢިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވި ސިވިލް އޭވިއޭޝަން މިނިސްޓަރ ކޭ. ރާމް މޯހަން ނައިޑޫ އަށް ކަމަށެވެ.

އިންޑިއާ ގެ ނޫސް ތަކުގައި ދިވެހި ސަރުކާރުން އެދިގެން މިފަދަ ކަމެއް ކުރާކަމަށް ރިޕޯޓް ކުރުމާއި ގުޅިގެން އެކަން ދޮގުކޮށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

އަމީން ދޮގުކުރިއިރު މީގެކުރިން ވެސް ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާއެއްގައި ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔަޫމް ވަނީ ހަނިމާދޫ އެއާޕޯޓު ހިންގަން އިންޑިއާގެ އަދާނީ ކުންފުންޏަށް ދޭން އުޅޭކަމަށް ވިދާޅުވެފައެވެ. އެފަހަރު އެ ވާހަަކަ ދޮގު ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުަހއްމަދު ސައީދެެވެ.

އިންޑިއާގެ ނޫހަކުން މިފަދަ ބޮޑު ވާހަކައެއް ރިޕޯޓުކުރުމުން ދިވެހި ސަރުކާރުން އެެއީ ދޮގެއްކަމަށް ބުނުމުން ވަރަށް ބޮޑު ސުވާލެއް އުފެދެއެވެ. އާންމުކޮށް ދޮގު ހަދަމުން އަންނަ ރައީސް މުއިއްޒުގެ ސަރުކާރުން އިންޑިއާގެ ނޫހުން ހެދީ ދޮގުކަމަށް ބުނުމުން އިންޑިއާއިން އަންނަނީ ދޮގު ހެދީ ރައީސް މުއިއްޒުގެ ކެބިނެޓް މިނިސްޓަރުކަމަށް ބުނަމުންނެވެ.

ހަނިމާދޫ އެއާޕޯޓަކީ 1986 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ އެއާޕޯޓެކެވެ. މި އެއާޕޯޓް ތަރައްޤީކޮށް ފުޅާކުރުމަށް އިންޑިއާ އިން ވަނީ އެގްޒިމް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދީފަ އެވެ. ތަރައްޤީކުރުމުގެ މަސައްކަތްތައް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖޭ.އެމް.ސީ. ޕްރޮޖެކްޓްސްއާ ހަވާލުކުރެވުނީ 136.6 މިލިއަން ޑޮލަރުގެ އަގަކަށެވެ. މި މަސައްކަތުގެ ތެރޭގައި 2,465 މީޓަރުގެ ރަންވޭއެއް ހެދުން ހިމެނެ އެވެ. މި ރަންވޭއަށް އެއާ ބަސް އޭ320 މަރުކާގެ ބޯޓުތައް ޖެއްސޭނެ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގެ ގާބިލްކަން ލިބިފައިވާ އާ ޕެސެންޖަރ ޓަރމިނަލް އިމާރާތެއް ވެސް ވަނީ ހަދާފަ އެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved