
ގަލޮޅު ހަލަވެލި ގޯޅީގައި ބަޔަކު މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ޖެނުއަރީ 6ވަނަ ދުވަހުގެ ރޭ 20:59 އެހާއިރު، ގ. ހަލަވެލި ގޯޅީގައި ބަޔަކު ހަމަނުޖެހުން ހިންގައި، މާރާމާރީ ހިންގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށާއި އިތުރަށް ތަޙްޤީޤީ ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގީ ޒުވާން ފިރިހެނަކާ ދުވަސްވީ އަންހެނަކާ ދެމެދުއެވެ. މީސްމީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޒުވާން ފިރިހެން މީހާ ، އަންހެން މީހާއަށް ހަމަލާދޭ ތަން ފެނެއެވެ.










