އަދިވެސް ހަމަ ދިވެހީންގެރާއްޖެ، ޝިއާރު ވަގުން! / ތޭރަ އޮންލައިން
ރިޕޯޓު
އަދިވެސް ހަމަ ދިވެހީންގެރާއްޖެ، ޝިއާރު ވަގުން!
Aishath Naja
އައިޝަތު ނަޖާ
06 މާރިޗު 2024
މާލެ ސިޓީ

އެއްޗަކީ ތިމާގެ އެއްޗަކަށް ނުވާނަމަ ރީތި ގޮތަކީ އެ އެއްޗެއް ދޫކޮށްލުމެވެ. ބުނަން މިއުޅޭ ވާހަކަ އަދި ނޭނގިދާނެއެވެ. ހަގީގަތުގައި މި ވާހަކަ ދައްކަންވެސް ލަސްވެއްޖެއެވެ. ވާނީވެސް އެހެންތާއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބްގައި ވާދަކުރެއްވުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ. ޝިއާރު ތައްޔާރު ކުރުމުން ފެށިގެން މެނިފެސްޓޯ ތައްޔާރުކުރުން ހިމެނެއެވެ. އެމަނިކުފާނު އަގުހުރި މަސައްކަތްތައް ބަޔަކު މީހުން ފޭރިގަނެގެން އުޅޭ މަންޒަރު ފެންނާތީ ދެރަވެސްވެއެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އެމަނިކުފާނުގެ 2 ޕާޓީ ވެސް ޖަހައިގަނެގެން ގެންދިޔަތާ ޝިއާރެއް އަތުލައިގަތުން އެއީ އެހާ ބޮޑުވެސް ކަމެއް ނޫނެވެ. ނަމަވެސް ބޮޑު ކަމެކެވެ. މިވެރިންގެ ލަދުގެ ކަންފުޅެއްވެސް ނެތީތާއެވެ.

އަދުގެ ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ބޭނުންކުރެއްވީ ރައީސް ޔާމީންގެ ނަންފުޅާ އެމަނިކުފާނުގެ ފޮޓޯ ފުޅުކަން ހުރިހާ ރައްޔިތުންނަށްވެސް އެނގެއެވެ. "ދިވެހީންެގެރާއްޖެ" މި ޝިއާރަކީ ރައީސް ޔާމީންގެ ޝިއާރެވެ. އެމަނިކުފާނުގެ ވާހަކަތަކުގައި އަބަދުވެސް ބޭނުންކުރެއްވި ބަސްފުޅެކެވެ. އެމަނިކުފާނު އަބަދުވެސް ނައުގެ މިސްރާބު ބެހެއްޓެވީ ދިވެހީންގެ ގޮވައިގެން ދިވެހީންގެރާއްޖެއަކަށެވެ. އެހެން ބައެއްގެ ނުފޫޒު ނެތް ތަނަކަށް މި ކުޑަ ކުޑަ ރާއްޖެ ހެދުން އެއީ އެމަނިކުފާނު އަބަދުވެސް ބޭނުންފުޅުވެލެއްވި ގޮތެވެ. އެމަނިކުފާނު އަދުގެ ރައީސް އިންތިޚާބް ކުރެއްވުމުގައި ގުރުބާނީތަކެއްވެ އެމަނިކުފާނުގެ ޝިއާރާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ ވޯޓުވެސް ހޯދައިދެއްވިއެވެ. ފޮނި އުންމީދުތަކެއް ކުރައްވައިން ވެރިކަން ހޯދައި ދިނުމުގައި އެމަނިކުފާނު ރެޔާ ދުވާލު ކުރެއްވި މަސައްކަތްތަކުގައި ކޮޅު ފައިން ޖަހާލަން އަދުރޭ އަދި ރައީސް މުއިއްޒު ނެންގެވީ ސިކުންތެކެވެ.

މިހާ ހަރާން ކޯރު ވެދާނެކަމަށް ގަބޫލު ކުރީ ކާކުހެއްޔެވެ؟ އެމްޑީޕީ މީހުން އޭރުގައި ބުނަމުން ދިޔަ ގޮތައް ކަންވެ ނިމިއްޖެއެވެ. އެމްޑީޕީއަށް އެއްޗެހި ގޮވަން އަދުރޭ ލަދުގަންނަން ޖެހެޔެވެ. މިއަދު އެމްޑީޕީ އެކޭ އަދުރޭ އެކޭ ހުރީ ކޮން ތަފާތެއްހެއްޔެވެ؟

ރައީސް ޔާމީންގެ ޝިއާރު އަދިވެސް ހަމަ ބޭނުން ކުރަނީއެވެ. ލަދެއްވެސް ހަމަ ނުގަންނާތީތާއެވެ. އެމްޑީޕީގެ 13 މެމްބަރަކަށް ރިޝްވަތުގެ ފައިސާ ފޮތި ދައްކައިގެން ބޭއްވި ޖަލްސާއަށް ދިވެހީންގެރާއްޖެއޭ ކީމާ ހިތައް އައިހާ އެއްްޗެއްގެ ވާހަކަ ނުބުނިއްޔާ ރަނގަޅުވާނެއެވެ.

ދިވެހީންނަށް ފަހި ރާއްޖެއަކަށް މުޅި ރާއްޖެވާ، ހާ އުފާވެރިކަން މި ގައުމަށް އާންމުވާ.. މުއިއްޒުގެ "ދިވެހީންގެރާއްޖެ" ކެމްޕެއިން ލަވައިގައި ވެސް ބޭނުންކުރެއްވީ ރައީސް ޔާމީންގެ ބަސްފުޅެވެ. އެ ލަވައިގެ ވީިޑިޔޯގައިވެސް ބޭނުންކުރެއްވީ ރައީސް ޔާމީންގެ ތަރައްގީގެ މަންޒަރުތަކެވެ.

ކޮންމެގޮތެއްްވިޔަސް ވައްކަން ނުކުރާކަމަކަށް ނުވާނެއެވެ. ވަގުން ވާނީ ވަގުންނަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved