February 26, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން

މުއިއްޒަށް 2500 އަހަރުގެ ޖަލު ހުކުމެއް އައުން ކައިރި ކަމަށް މަލީހް ވިދާޅުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 7, 2026, 06:12 PM
މާލެ ސިޓީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ފެންމަތިވެފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތަކަށް ފާޑުވިދާޅުވަމުން، ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަލީހް ފާހަގަކުރެއްވި ގޮތުގައި، މިހާރު ރާއްޖޭގައި އިންފްލޭޝަން ނުވަތަ އަގުތައް މަތިވަމުންދަނީ ހަމައެކަނި އިޤްތިޞާދީ ދާއިރާއިން އެކަނި ނޫން ކަމަށެވެ. އޭގެ ބަދަލުގައި ޖުޑިޝަރީ ނުވަތަ ޝަރުޢީ ދާއިރާއިން އިއްވާ ހުކުމްތައް ވެސް މިހާރު ހުރީ "އިންފްލޭޓް" ވެފައި ނުވަތަ އާދަޔާ ޚިލާފަށް މަތިވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތުން މިހާރު އިއްވަމުންދާ 379 އަހަރާއި، 157 އަހަރާއި އަދި 23 އަހަރުގެ ޖަލު ހުކުމްތަކަށް އިޝާރާތް ކުރައްވައި މަލީހް ވިދާޅުވީ، ކަންކަން މި ބީދައިން ކުރިއަށްދާނަމަ، ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ރައީސް މުޢިއްޒުގެ މައްޗަށް 2500 އަހަރުގެ ޖަލު ހުކުމެއް އައުން ކައިރި ކަމަށެވެ. މިއީ ދިވެހިރާއްޖޭގެ މުޅި ތާރީޚާ އެއްވަރުގެ ދިގު ހުކުމަކަށް ވާނެ ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

-
-

މަލީހް މިފަދަ ބަހުގެ ހަމަލާތަކެއް ސަރުކާރަށް އަމާޒުކުރައްވާފައި މިވަނީ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތައް އިތުރުވެ، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް މި ތުހުމަތުތަކާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް މި ފަރާތްތަކަށް ފިޔަވަޅު އަޅާފައި ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved