March 15, 2026
Advertisement
-
- / އިލެކްޝަންސް ކޮމިޝަން

އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jan 8, 2026, 01:40 AM
މާލެ ސިޓީ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރެއްގެ މެމްބަރުކަމުގެ މަގާމުގެ މުއްދަތު ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

Advertisement

އެ ކޮމިޝަންގެ މެމްބަރު ޑރ. މުހައްމަދު ޒާހިރުގެ ދައުރު ހަމަވާތީ، ރައީސް އޮފީހުން ގެޒެޓްގައި ބުދަ ދުވަހު ކުރި އިއުލާނެއްގައިވާ ގޮތުން، އީސީގެ މެންބަރުކަަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ.

މަގާމަށް ކުރިމަތިލާން އެދޭ މީހުން ހުށަހަޅަން ޖެހޭ ލިޔުންތަކަކީ:

1.  މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު

2.  މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިގުރާރު

3.  ފުރިހަމަ ކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމު (އިއުލާން ކުރި ތާރީހަށް ވުރެ ފަހުން ދޫކޮށްފައިވާ ރެކޯޑުތަކަށްވުން)

4. ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު

5. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ) އެވެ.

އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ ބުދަ ދުވަހުން ފެށިގެން މި މަހު 21ވާ ބުދަ ދުވަހުގެ މެންދުރު 12 އަށެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12އަށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

ޒާހިރުގެ އިތުރުން އީސީގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދާއި މެންބަރު އަބްދުއްރަހުމާން ސޮލާހު ރަޝީދާއި ހަަސަން ޒަކަރިއްޔާ އަދި އަބްދުލް ހަސީބު އިސްމާއީލެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved