
ރައީސް ޑރ މުހައްމަދު މުއިއްޒު ދައުލަތުގެ ހަރުމުދާ ވިއްކުމުގެ އެޖެންޑާ ހުއްޓުވުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދައުލަތުގެ ހަރުމުދާ ވިއްކުމަކީ ރައީސް މުޙައްމަދު މުޢިއްޒު ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމެއްކަން އެއީ ދުނިޔޭގެ އެންމެންނަށް އެނގޭ ބޮޑު ސިއްރެކޭ ބުންޏަސް ދުލަކަށް ފާފައެއް ނުވާނެ ކަމަށް މަލީހު ވަނީ ވިދާޅުވެފައިވެއެވެ.
މަލީހް ވިދާޅުވީ، މާލެ ޕޯޓު ބޭރުގެ ބަޔަކަށް ވިއްކައިގެން ނުވާނެ ކަމަށާ ރައީސް މުއިއްޒު ދައުލަތުގެ ހަރުމުދާ ވިއްކުމުގެ އެޖެންޑާ، ހުއްޓުވުމުގެ ޒިންމާއަކީ ކޮންމެ ދިވެއްސެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ. ޚާއްސަކޮށް އެޒިންމާ ގައުމުގެ ހަރު މީހުންނާ ސިޔާސީ ޕާޓީތަކުން ނަގަން ޖެހޭ ކަމަށް ވިދާޅުވެ މަލީހު ވިދާޅުވީ، ޕީއެންއެފް އޮންނާނީ އެކަމުގެ އެންމެ ކުރީގައި ކަމަށެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުން ވަނީ ދުބާއީ ވޯލްޑަށް 50 އަހަރަށް މާލޭގެ ސީޕޯޓު ވިއްކާލާފައި ކަމަށާ އަދި ޕޯޓު ވިއްކާލި އެހެން އެއްވެސް ސޮވެރިން ޕޯޓެއް ރާއްޖޭގައި އޮވެގެން ނުވާނެ ކަމަށް ޝަރުތުކޮށް ކަމަށް ވެސްވެއެވެ.










