February 26, 2026
Advertisement
ޑރ މުހައްމަދު ޖަމީލް އަހްމަދު
ޑރ މުހައްމަދު ޖަމީލް އަހްމަދު / ތޭރަ އޮންލައިން

ރައްޔިތުންގެ ފައިސާ ނުޙައްގުން ހޭދަކުރާ ކުރުމަށް މާދަމާ ޖަވާބުދާރީ ވާންޖެހޭނެ: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 8, 2026, 09:00 PM
މާލެ ސިޓީ

ދިވެހި ރައްޔިތުންގެ ފައިސާ ނުޙައްގުން ހޭދަކުރާ ކުރުމަށް މާދަމާ ވެރިން ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް، އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެސްއެމްގެ އެމްޑީއަށް ރައީސް އޮފީހުން ގާނޫނާ ހިލާފަށް "ހާއްސަ އެލަވަންސެއް"، މި މައުޟޫގައި އޮންލައިން ނޫހެއްގައި އޮތް އާޓިކަލެއް ހިއްސާ ކުރައްވާ ޑރ ޖަމީލު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ ދައުލަތަކީ ވެރިއަކަށް ހުންނަވާ ބޭފުޅަކު ހިތު ހުރިހައި ގޮތަކަށް ކަންތައް ކުރަން އޮންނަ ތަނެއް ކަމަށް ގަބޫލު ކުރުމަކީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށް ވިދާޅުވެފައެވެ.

މިއަދު ރައީސް މުއިއްޒު، ޓެކްސް ދައްކާ ރައްޔިތުންގެ ފައިސާ ނުޙައްގުން ހޭދަކުރާ ކުރުމަށް މާދަމާ ޖަވާބުދާރީ ވާންޖެހޭނެކަން ހަނދާން އައުކޮށްދެއްވަމުން ޑރ ޖަމީލުގެ ޕޯސްޓުގައި ވަނީ، އެދުވަހަކުން ރައީސް މުއިއްޒު ހީވެސް ނުކުރައްވާ ގޮތަށް ގާނޫނު އަރާހަމަ ކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ރާއްޖޭގައި އެއްވެސް ޕްރިންސިޕަލެއް ނެތް މީހުންވެސް މިހާރު މާގިނައީ ކަމަށާ އެފަދަ މީހުން ތިބީ ލިބުނު ގޮތަކަށް ކާން އާދަވެފައި ކަމަށް ވިދާޅުވެ ޑރ ޖަމީލު ރައްޔިތުންގެ ފައިސާއިން ނުހައްގުން މުސާރައާ އިނާޔަތް ނަގާ ފަރާތްތަކަށް ވެސް ނުރުހުން އަމާޒުކުރައްވާފައެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ދައުލަތުގެ ބައެއް މަގާމުތަކުގައި މިއަދު ދެ މުސާރަ ލިބޭ ފަރާތްތައް ވެސް ތިބިކަން ފާހަގަކޮށްލެވެއެވެ. ޚާއްސަކޮށް ދައުލަތް ހިއްސާވާ ކުންފުނިތަކުގެ އެމްޑީއިންގެ މަގާމުގައި ރިޓަޔާޑު އޮފިސަރުން ތިއްބެވިއިރު އެ ބޭފުޅުންނަށް ދައުލަތުން ދެ މުސާރަ ލިބޭކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved