March 20, 2026
Advertisement
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ / މިނިވަން ނޫސް

ބޭރަށް ހިންގުމާއި ހޮޑުލާ ރޯގާ އިތުރުވާތީ ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 6, 2024, 11:23 PM
މާލެ ސިޓީ

މާލެގައި ބޭރަށް ހިންގުމާއި ހޮޑުލާ ރޯގާ އިތުރުވާތީ މި ބަލިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

Advertisement

އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ މަހުގެ ހަތަރަކުން ފެށިގެން 10 ވަނަ ދުވަހާ ހަމައަށް ބޭރަށް ހިންގުމުގެ 674 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި، މިދިޔަ މަހުގެ 11 އިން 17 ވަނަ ދުވަހަށް ބަލީގެ 547 ކޭސް ރިޕޯޓުކޮށްފާވާއިރު، މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން 24 ގެ ނިޔަލަށް 965 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.

މިދިޔަ މަހުގެ 25 އިން މިދިޔަ ހޮނިހިރު ދުވަހަށް ބޭރަށް ހިންގުމާއި ހޮޑުލުމުގެ 889 ކޭސް މާލެއިން ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބު
އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބު

މިދިޔަ މަހުގެ ތެރޭގައި މާލެގައި ބޭރަށް ހިންގުން އިތުރުވެފައިވާތީ މި ދުވަސްވަރު ގިނަ މީހުން އެއްވެ، ކާބޯތަކެތި ތައްޔާރުކޮށް ކައިހަދާއިރު ބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދޭން އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ބުނީ ގިނައިން ހޮޑުލެވުމާއި ބޮލަށް އެނބުރުން އެރުމާއި އާދަޔާ ޚިލާފަށް ކަރުގައި ރިއްސުމުގެ އިތުރުން މާ ބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރެވޭ ވަރު މަދުވެއްޖެނަމަ ވީއެންމެ އަވަހަށް ސިއްހީ އެހީތެރިއެއްގެ ލަފާހޯދަން ވާނެ ކަމަށެވެ.

އެ އެޖެންސީން ބުނީ ބަލިން ރައްކާތެރިވުމަށް ގިނަގިނައިން އަތްދޮވުމަށް ސަމާލުކަން ދޭންވާނެ ކަމަށެވެ.

އެގޮތުން، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ފަހުން އަތޮދޮވުމަށާއި ބަލި މީހަކަށް ޚިދުމަތްކުރުމަށް ފަހުގަޔާއި ކުނި އުކާލުމަށް ފަހުގަޔާއި ކެއުމުގެ ކުރިންނާއި ފަހުން އަތް ދޮވުމަށް އެޗްޕީއޭއިން ބުނެއެވެ.

މިދިޔަ މަހުގެ ތެރޭގައި ވަނީ ޗިކެންޕޮކްސްގެ ކޭސްތައް ވެސް އިތުރުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved