February 26, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ކައުންސިލްތަކުގެ ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުން ނޫންކަމަށް މުއިއްޒު ވިދާޅުވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Jan 9, 2026, 03:43 AM

ލޯކަލް ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އިންތިޚާބުކުރާ ބައެއް ނޫންކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Advertisement

މުއިއްޒު މިފަދައިން ވިދާޅުވީ ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދި އާދޭސްކުރަމުންނެވެ.

އަތޮޅު ކައުންސިލް ވެސް އުވާލާ ރައީސްގެ މުށުތެރެއަށް ކައުންސިލްތައް ގެނެސް ޕޯޑިއަމްގައި ހުންނަވާ މުއިއްޒު ވަނީ ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވެނީ ވެސް ކައުންސިލްތަކުން ބިން ދޫނުކުރާތީކަމަށެވެ.

ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އޮންނަ މުއައްސަސާތަކެއް ނޫން ކަމަށާއި ސަރުކާރު ޖަވާބުދާރީކުރުވުމަށް ކައުންސިލަށް މީހުން ހޮވަން ކެމްޕޭން ކުރާކަމަށްވާނަމަ އެއީ ފުރަތަމަވެސް ނުބައި ސިގްނަލެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިފަދައިން ވިދާޅުވުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން ވެސް އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved