February 26, 2026
Advertisement
.
. / ރައީސް އޮފިސް

ދަފްތަރުން ވައްކަން ކޮށްގެން އީސީ އިން ޖޫރިމަނާކުރި ޕީއެންސީގެ އޮފީހެއް ހުޅުވައިފި

Yana Shareef
ޔާނާ ޝަރީފް
Jan 9, 2026, 04:37 AM

ވަގު ފޯމު ފުރައިގެން އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކުރި ވެރިކަން ކުރާ، ޕީއެންސީގެ ޕާޓީ އޮފީހެއް ހުޅުވައިފިއެވެ.

Advertisement

އޮފީސް ހުޅުވައި ދެއްވީ އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި ޕާޓީގެ ރައީސް، މުހައްމަދު މުއިއްޒުެއެވެ.

އެންމެ ފުރަތަމަ އެމްޑީޕީގެ ހަރުގެ ހިންގި މި އިމާރާތުގައި ފަހުން، އެ ޕާޓީން ވަކިވެ ކުރީގެ ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ޖަގަހައެއް ވެސް ހިންގި އެވެ. ޕީއެންސީ އިން އެ ބިން ނެގީ ރިޔާސީ އިންތިހާބަށްފަހު އެވެ.

ޕީއެންސީގެ އޮފީސް ހުޅުވިއިރު، އެއީ ހަތަރު ބުރީގެ އޮފީސް އިމާރާތެކެވެ. އޮފީސް އިމާރާތް އެޅުމަށް ޕީއެންސީ އިން ބޮޑު ހަރަދެއް ކުރި ކަމަށް މައުލޫމާތު ލިބުނު ނަމަވެސް ކުރި ހަރަދުގެ ސީދާ އަދަދެއް ހާާމަވެފައިނުވެއެވެ.

މިދިޔަ އަހަރު ނިމުނުއިރު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި 74،048 މެންބަރުން ތިއްބެވެ. އެތަނުން ގިނައީ ވަގަށް ވައްދާފައި ތިބި މީހުންނެވެ.

ޕީއެންސީން މީހުން ގިނަ ކަމަށް ބުނި ނަމަވެސް ބާއްވާ އިންތިޚާބުތަކުގައި ވޯޓުލާން ގޮސްފައިވަނީ މަދު ބަޔެކެވެ. މިކަމުން ވެސް ދޭހަވަނީ ޕާޓީއަށް ތާއިދު ނެތްވަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved