February 27, 2026
Advertisement
ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރ ޖެނެރަލް ޖުނައިދު، ރައީސް ޔާމީންގެ ޕީއެންއެފަށް ސޮއިކޮށްފި
ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރ ޖެނެރަލް ޖުނައިދު، ރައީސް ޔާމީންގެ ޕީއެންއެފަށް ސޮއިކޮށްފި / ތޭރަ އޮންލައިން

ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރ ޖެނެރަލް ޖުނައިދު، ރައީސް ޔާމީންގެ ޕީއެންއެފަށް ސޮއިކޮށްފި

Jan 9, 2026, 09:48 PM
މާލެ ސިޓީ

ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނެއިދު، ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓަށް ސޮއިކުރައްވައިފިއެވެ.

Advertisement

ސިޔާސީ ކަންކަމާ ޒަމާންތަކެއް ދުރުގައި ހުންނެވުމަށް ފަހު ޖުނެއިދު ޕީއެންއެފާ ގުޅިވަޑައިގެންނެވީ ބުރާސްފަތި ދުވަހުގެރޭއެވެ. އޭނާ ވަނި އެރޭ ބޭއްވި ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ޕީއެންއެފްއާ ރަސްމީކޮށް ގުޅިވަޑައިގެން ރައީސް ޔާމީންއާ ރަމްޒީ ގޮތުން ފޯމު ހަވާލުކުރައްވާފައެވެ.

ޖުނެއިދު ވިދާޅުވީ ގޮތުގައި އެނާ ޕީއެންއެފްއާ ގުޅިވަޑައިގަތީ ސިޔާސީ އެކި ފިކުރުތަކާ އެކު ކުރެވުނު މަސައްކަތުގެ ތަޖުރިބާގެ ތެރެއިން، ރައީސް ޔާމީން ފިޔަވާ ގައުމާ މެދު ވިސްނަވާ ވެރިއަކު ނެތްކަން ހާމަވުމުންނާ ރައީސް ޔާމީންގެ ގައުމީ ފިކުރަނީ މިއަދު ގައުމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ސިޔާސަތުކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ޖުނެއިދަކީ ދައުލަތުގެ އެކި މަގާމުތައް ވެސް އަދާކުރައްވާފައިވާ ސިޔާސީ މައިދާނަށް ފަރިތަ ބޭފުޅެކެވެ. އޭނާ ވަނީ އެމްޕީއެލްގެ ސީއީއޯ ކަމާ އަދި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުވެސް އަދާކުރައްވާފައެވެ. އޭނާ އަކީ މިވަގުތު ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިއެއްވެސް މެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved