theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
. / ރައީސް އޮފިސް
ސިޔާސީ
ގަވާއިދާ ހިލާފަށް ޕީއެންސީގެ އޮފީސް އިމާރާތް ހެދުމުން ގޯތީގެ ވެރިފަރާތް 128,000ރ. އިން ޖޫރިމަނާކޮށްފި
Yana Shareef
ޔާނާ ޝަރީފް
10 ޖެނުއަރީ 2026

ޕީއެންސީގެ މައި އޮފީހުގެ ގޮތުގައި ހ. ވެޔޮވިލާ ފަސް ބުރިއަށް އިމާރާތްކޮށްފައި ވަނީ އިމާރާތްކުރުމުގެ ގަވާއިދުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، މާލޭ ސިޓީ ކައުންސިލުން އެ ގޯތީގެ ވެރިފަރާތް ޖޫރިމަނާކޮށްފި އެވެ.

އަދަދު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދާ ހިލާފަށް، ހުއްދަ ހޯދުމަކާ ނުލައި އެ ގޯތީގައި މަސައްކަތް ކޮށްފައިވާތީ، ޖުމުލަ 128,545ރ. އިން ގޯތީގެ ވެރިފަރާތް ސަފިއްޔާ ޒުބައިރު ވަނީ ޖޫރިމަނާކޮށްފަ އެވެ.

މި ޖޫރިމަނާ ކަނޑައަޅާފައި ވަނީ އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދުގެ ތިން މާއްދާއަކާ ހިލާފުވެފައިވާތީ އެވެ.

އެގޮތުން ޖޫރިމަނާ ކުރީ، ހުއްދަ ނެތި ފަސް ފަންގިފިލާ އިމާރާތްކުރުން 73,545ރ. އަދި ރަޖިސްޓްރީވެފައިވާ އިންޖިނިއަރެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ބިންގަނޑު ކޮނުމާއި ފައުންޑޭޝަން މަސައްކަތް ކޮށްފައިވާތީ 50,000ރ. އަދި އިމާރާތްކުރުމުގެ ގާނޫނާ ހިލާފު ކަންތައްތަކެއް ހިނގަމުންދިޔައިރު، އެކަން ކަމާބެހޭ އިދާރާއަށް އަންގާފައި ނުވާތީ އިތުރު 5,000ރ. އެވެ.

ޕީއެންސީގެ އޮފީސް އިމާރާތް ހަދައި އެތަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުލަ ގަދަ ރަސްމިއްޔާތެއްގައި ހުޅުވައި ދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved