March 20, 2026
Advertisement
އޭޖީ އުޝާމް
އޭޖީ އުޝާމް / ރައީސް އޮފިސް

ބަޔާން ބާތިލްކުރަން އެލްޖީއޭއަށް ނޭންގޭނެ : އޭޖީ

Mariyam Isaadha
މަރިޔަމް އިސާދާ
Mar 7, 2024, 12:54 AM
މާލެ ސިޓީ

ކެނދިކުޅުދޫ ކައިންސިލްގެ ނޫސް ބަޔާން ބާތިލްކުރަން އެލްޖީއޭއަށް ނޭންގޭނެ ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެކަމަަށް އެލްޖީއޭއަށް ގާނޫނީ ލަފާވެސް ދީފައިވާނެކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ

Advertisement

އުޝާމް ވިދާޅުވީ ކައުންސިލަކުން ގާނޫނު އަސާސީއާ ހިލާފުވެއްޖެނަމަ ފެންނަނަމަ އެލްޖީއޭއިން އަމަލުކުރަން ޖެހޭ ގޮތް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަަށެވެ. އަދި އޭނާ ވިދާޅުވީ އެލްޖީއޭއިން ކައުންސިލްތަކަށް ފިޔަވަޅު އަޅަން ޖެހޭނީ އެ އޮންނަ ޕްރޮސެސްގެ ތެރެއިން ކަމަށެއެވެ.

އެލްޖީއޭއިން ކައުންސިލަކުން ނެރުނު ބަޔާނެއް ބާތިލުކުރަން އެންގުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

ކައުންސިލްތަަކަށް ފުރިހަމަ ބާރުވެރިކަން ދީގެން ރައްޔިތުންނަށް ފުރިހަމަ ބާރުވެރިކަން ލިބިގެންދާނީ. އެއްގޮތަކަށް ވެސް ކައުންސިލްތަކަށް ފިޔަވަޅު އަޅައި ކައުންސިލްތަކަށް ހުރަސް ކުރިމަތިކޮށް، ދަތި ކުރުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން. އެހެންވީމާ އެކަހަލަ އެއްވެސް ކަމެއް ލޯކަލް ގަވަމަންޓް އޮތޯރިޓީން ވެސް ކުރުމަކީ އަޅުގަނޑު ތާއީދު ކުރާނެ ކަމެއް ނޫން… އެކަހަލަ އެއްވެސް ކަމެއް ސަރުކާރުގެ ފަރާތުން އެއްވެސް ކައުންސިލަކަށް ކުރިމައްޗެއް ނުކުރާނެ.

އުޝާމް

އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ މައްޗަށް އެކުލެވޭ ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ކުރެއްވި ޒިޔާރަތުގައި ކައުންސިލްގެ ރުހުން ނެތި، ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިވަފާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމަށް ވާހަކަފުޅުދައްކަވާފައިވާ ކަމަށެވެ.

އެލްޖީއޭއިން ވަނީ އެ ބަޔާން ބާތިލުކުރަން އަންގައިފައެވެ. އެކަމަކު، އެ ރަށު ކައުންސިލުން ނިންމީ ބަޔާން ބާތިލުނުކުރާށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved