February 27, 2026
Advertisement
.
. / އިލެކްޝަންސް ކޮމިޝަން

ކައުންސިލް އިންތިހާބަށް އަތޮޅުތެރޭގައި އޮފިޝަލުން ތަމްރީނު ކުރަން މާދަމާ ފަށަނީ

Yana Shareef
ޔާނާ ޝަރީފް
Jan 11, 2026, 05:20 AM

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށްއަތޮޅުތެރޭގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް މާދަމާ ފެށިގެން ކުރިއަށްގެންދިއުމަށް ޓްރެއިނަރުން އަތޮޅުތަކަށް ދަތުރުކުރަން ފަށައިފިއެވެ.

Advertisement

އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަރަކާތްތެރިވާ ޓްރެއިންރުންނަށް ހިންގި ތަމްރީން ޕްރޮގްރާމް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަނުގެ ނާއިބު ރައީސް ސަލާހް ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން އިންތިޚާބުގެ ކަންކަން އިތުރަށް ހަރުދަނާވެ، އިންތިހާބޫ އޮފިޝަލުންނަށް ބޭނުންވާ މަޢުލޫމާތުތައް ފުރިހަމައަށް ފޯރުކޮށްދެވޭނެ ކަމަށެވެ. މީގެ އިތުރުން މިފަަދަ ތަމްރީނު ޕްރޮގްރާމުތަަކަކީ ރައްޔިތުންގެ އިތުުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ތަމްރީނު ފުރިހަމަކުރި ފަރާތްތަަކަކީ ކޮމިޝަނުން ބުނަން ބޭނުންވާ މެސެޖު، އެ ބުނި ގޮތަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ތިބި ބައެއް ކަަން ފާހަގަކުރައްވާ ސަލާހް ވިދާޅުވީ، މައުލޫމާތު ރަނގަޅަށް ފޯރުކޮށްދެވިއްޖެނަމަ ރައްޔިތުންގެ އަދި ކެންޑިޑޭޓުންގެ ޚައްޤުތަަކަށް އަރައިނުގަނެ މަސައްކަތްކުރެވޭނެ ކަމަށެެވެ. އަދި ބައެއް ފަހަރު މީޑިއާތަކުގައި މައުލޫމާތު ފޯރުކޮށްދިނުމުގައި މާނަ އޮޅޭގޮތަށް ކަންކަން ހިނގާފައިވާތީ، އެކަމަށް ސަމާލުވުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.

އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ 7000 އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތުގައި ޖުމްލަ 95 ޓްރެއިނަރުން މާލެ އާއި އަތޮޅުތެރޭގައި ހަރަކާތްތެރިވާނެއެވެ. އަދި މާލޭ ސަރަހައްދުގައި އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް މިމަހުގެ 15 ވަނަ ދުވަހު ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. މި ތަމްރީނުތަކުގައި ވޯޓުލާ ދުވަހު މަރުކަޒުތަކުގައި ކަންކަން ކުރިއަށްގެންދަންވީ ގޮތާއި، ވޯޓުލާން އަންނަ މީހުންނަށް މަޢުލޫމާތު ދޭނެ ގޮތުގެ އިތުރުން، ވޯޓުލާ ނިމުމުން އަމަލުކުރަންވީ ގޮތާއި ވޯޓުގުނުމުގެ ތަފްސީލީ މަޢުލޫމާތު އޮފިޝަލުންނަށް ފޯރުކޮށްދިނުމުގެ އިތުރުން، ތަމްރީންތަކުގެ ތެރޭގައި އަމަލީގޮތުން މި މަސައްކަތްތައް ކުރިއަށްގެންދާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved