
ރައީސް ޑރ މުހައްމަދު މުއިއްޒުގެ މުޅި ސިޔާސަތަކީ "ލާހޫރޭ" ސިޔާސަތެއްގެ ގޮތުގައި. ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފެގެ ވެސް ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ސިފަކުރައްވައިފިއެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމުގައި ހުރި އަހުމަދު ސަމާހު ރަޝީދު މަގާމުން ވަކިކުރުުމުން އެކަމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
ރައީސް މުއިއްޒަކީ އެއްވެސް ވަރެއްގެ ލީޑަރޝިޕް ކޮލިޓީއެއް ހުރި ފަރާތެއް ނޫން ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ ރައީސް މުއިއްޒުގެ އަމިއްލަ ޖަޖްމެންޓް ވީރާނާވެފައިވާ ކަމަށް ވިދާޅުވެ އަމިއްލަ ޖަޖްމަންޓު ހަފުސްވެފައިވާ މީހަކުގެ ފަރާތުން ގައުމަށް ލިބޭނެ ގެއްލުން އިޙްސާސްކުރެވޭ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޑރ ޖަމީލު ވަނީ ރައީސް މުއިއްޒުގެ މުޅި ސިޔާސަތުގެ ޚުލާސާއަކީ ލާހޫރޭ ސިޔާސަތެއްގެ ގޮތުގައިވެސް ސިަފަކުރައްވާފައެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރުވެގެން ގޮސްފައިވާއިރު ހަރުދަނާ ކަމެއް ގައުމުގައި ފެށިފައި ނުވާއިރު ސަރުކާރުގެ ވެރިން ކަނޑާ ވަކިކުރުން އާދައަކަށްވެފައިވާ ކަމަށް ބުނެ ގިނަ ރައްޔިތުން ވެސް ގެންދަނީ ސަރުކާރުގެ ސިޔާސަތަށް ފާޑުކިޔަމުންކަން ފާހަގަކޮށްލެވެއެވެ.










