theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ތޭރަގްރެފިކްސް
ހަބަރު
އިރާނު ސަފީރުގެ ވަރުގަދަ ރައްދެއް ނަޝީދަށް!
12 ޖެނުއަރީ 2026
މާލެ ސިޓީ

ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އީރާނުގެ ސަފީރުގެ ވަރުގަދަ ރައްދެއް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރައްވައިފިއެވެ.

އިރާންގެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ކުރަމުންދާއިރު، އެކަން ހުއްޓުވަން އެ ގައުމުގެ ސަރުކާރުން ހަރުކަށީ ފިޔަވަޅުތަކެއް އަޅަމުން ގެންދާ ދިއުމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވެފައިވަނީ، އީރާނުގެ ރައްޔިތުން މަގުމައްޗަށް ނިކުމެ ކުރަމުންދާ މުޒާހަރާތަކުގައި މުސްލިމް ގައުމެއްގެ ހައިސިއްޔަތުން އެ ގައުމުގެ ރައްޔިތުންނާއެކު ތިބެންޖެހޭ ކަމަށާއި ހިމާޔަތް ކުރަންވީ އެ ގައުމުގެ ސަރުކާރު ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވެފައިވަނީ އީރާނުގެ ރައްޔިތުން ނުކުމެ ތިބީ އެތަކެއް ޒަމާނެއްވެފައިވާ ހިފެހެއްޓުންތަކުން ސަލާމަތްވެ، ދިރިއުޅުމުގެ އަގު އިންތިހާއަށް ގޮސްފައިވާތީ އެކަމުން މިންޖުވާން ކަމަށެވެ.

އީރާނުގެ ރައްޔިތުންނަކީ މުސްލިމުން ކަމަށް ވާއިރު، މުސްލިމުންނާއި ބައިނަލްއަގްވާމީ މުޖުތަމައުއިން ތިބެން ޖެހޭނީ އެ ރައްޔިތުންނާ އެކު ކަމަށާއި އޭގެ ބަދަލުގައި އީރާނުގެ ސަރުކާރު ހިމާޔަތް ކުރުމުގައި ނޫން ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ލަންކާގައި ހުންނަ އީރާނުގެ އެމްބަސީގެ ރަސްމީ އެކްސް އެކައުންޓުގައި ޕޯސްޓެއްކޮށް ވަނީ ނަޝީދުއަށް ބަހުގެ ޙޫނު ހަމަލާތަކެއް ދިފައެވެ. އެގޮތުން އެ ޕޯސްޓުގައި ވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އީރާނުގައި ހިނގި 12 ދުވަހުގެ ހަނގުރާމައިގައި ފެނިގެންދިޔައީ ޒަޔަނިސްޓު އިސްރާއީލުން އެ ގައުމުގެ ސިޓީތަކަށާއި، އާންމު ރައްޔިތުންނަށް ދިން ނުރައްކާތެރި އަސްކަރީ ހަމަލާތަކެއް ކަމަށާ އެ ހަމަލާތަކުގައި އެގައުމުގެ ހާހަކަށް ވުރެ ގިނަ ފިރިހެނުންނާއި، އަންހެނުންނާއި ކުޑަކުދިން ޝަހީދުވެފައިވާކަމަަށެވެ.

މީގެ އިތުރުން އެ ހަމަލާއަކީ އެމެރިކާގެ ސީދާ އެހީތެރިކަމާއެކު ޒަޔަނިސްޓުން ދިން ހަމަލާއެއް ކަމަށް ބުނެ އެ ހަމަލާ އީރާނުގެ ސފީރު ސިފަކުރައްވާފައިވަނީ އިންސާނިއްޔަތާ ޚިލާފު ހަމަލާތަކެއްގެ ގޮތުގައެވެ. އަދި އެއީ އީރާނުގެ މަގުތަކުގައި ހަމަނުޖެހުން އުފައްދައި، އާންމު ސަލާމަތާއި ރައްކާތެރިކަން ނަގައިލުމުގެ މަކަރުވެރި ރޭވުމުގެ ތެރެއިން ހިނގި ޖަރީމާއެއް ކަމަށް ބުނެ އީރާުން ވަނީ މޮސާޑާ ގުޅުންހުރި ޓެރަރިސްޓް ގްރޫޕުތަކުން އީރާނުގެ މިސްކިތްތަކުގައި ހުޅުޖަހައި، ހޮސްޕިޓަލްތަކާއި، ބޭންކުތަކާއި މެޓްރޯ ސްޓޭޝަންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކންވެސް ފާހަގަކޮށްފައެވެ.

އިރާނުގެ ހާލަތު ސަރީހަ އިބާރާތުން ސިފަކޮށްދިނުމަށް ފަހު އީރާނު ސަފީރުގެ އެ ޕޯސްޓު ނިންމާލަމުން ނަޝީދުއަށް ސުވާލެއް އަމާޒުކުރައްވާފައިވެއެވެ. އެގޮތުން އެފަދަ ޚާއްސާސު އަދި ނުރައްކާތެރި ހާލަތެއްގައި ނަޝީދު ހުންނަވާނީ ކޮން ފަޅިއެއްގައިތޯ އައްސަވާ މަޖާޒީ، ނަމަވެސް ހޫނު ސުވާލެއް އަމާޒުކޮށްފައިވެއެވެ.

އީރާންގެ ވިޔަފާރިވެރިން އާދިއްތަ ދުވަހު ފެށި މުޒާހަރާއެކި ސިޓީތަކަށް ފުޅާވެ އާންމުން ވެސް ވަނީ މުޒާހަރާތަކުގައި ބައިވެރިވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އީރާނުގައި ކުރިއަށް ދާ މުޒާހަރާތަކުގައި އެ ގައުމުގެ ސަރުކާރާ އެއްކޮޅަށް ވެސް ބޮޑެތި މުޒާހަރާތައް ދަނީ ކުރަމުންނެވެ.

ސަރުކާރާ ދެކޮޅު މުޒާހަރާތައް ކުރިއަށް ގެންދަނި ސަހްޔޫނީންނާ އެމެރިކާގެ ވާގިވެރިވުމާ އެކުކަމަށްވެސް ބައެއް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

 އީރާންގެ އެކި ސިޓީތަކުގައި މުޒާހަރާކުރާ މީހުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުން ހިނގައި މީހުން މަރުވެފައި ވެެސް ވެއެވެ.

ގާނޫނާ ހިލާފަށް އެއްވެ އުޅުމާއި އަމަންއަމާންކަން ގެއްލުވާލުމާއ މުދަލަށް ގެއްލުން ދިނުމާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ނުކިޔަމަންތެރިވެ، ގާނޫނާ ހިލާފު އެއްވުންތަކަށް ހިތްވަރު ދިނުން ފަދަ އަމަލެއް ހިންގައިފިނަމަ ހަރުކަށި އަދަބު ދޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

މުޒާހަރާކުރާ މީހުންނަށް ހަމަލާދޭ ނަމަ، އީރާނަށް ހަމަލާ ދޭނެކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ.

މި މުޒާހަރާތައް ބާއްވަން ޖެހުނު މައިގަނޑު ސަބަބަކީ، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު މައްޗަށް ދިއުމުގެ ސަބަބުން އަސާސީ ބޭނުންތައް ފުއްދުމަށް ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުމެވެ. މުޒާހަރާގެ ބައިވެރިން ދަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުކިޔައި، ފައިސާގެ އަގު ހިފެހެއްޓުމަށް އެދެވޭ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަމުންނެވެ.

އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، އިރާނުގެ ފައިސާގެ އަގު ވެއްޓެން މެދުވެރިވީ އެގައުމާ ދެކޮޅަށް އަޅާފައިވާ ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނާއި، ގައުމުގެ އެތެރޭގެ އިގްތިސާދީ މެނޭޖްމަންޓް ބަލިކަށިވުމުގެ ސަބަބުންނެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved