theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ސަރުކާރުން އިސްލާމީ މަބްދައުތަކަށް އިސްކަން ނުދީ އެހެން މީހުންނަކީ ލާދީނީ މީހުންގެ ގޮތުގައި ތަޞްރީޙެއް ސަރުކާރުގެ އިސްވެރިޔާ ދިނުމަކީ ނިފާޤުކަން: ކުރީގެ އުއްތަމަ ފަނޑިޔާރު / ސޯޝަލް މީޑިއާ
ހަބަރު
އިސްލާމީ މަބްދައުތަކަށް އިސްކަން ނުދީ އެހެން މީހުންނަކީ ލާދީނީ މީހުންގެ ގޮތުގައި ތަޞްރީޙެއް ސަރުކާރުގެ އިސްވެރިޔާ ދިނުމަކީ ނިފާޤުކަން: ކުރީގެ އުއްތަމަ ފަނޑިޔާރު
Mariyam Isaadha
މަރިޔަމް އިސާދާ
12 ޖެނުއަރީ 2026
މާލެ ސިޓީ

ސަރުކާރުން އިސްލާމީ މަބްދައުތަކަށް އިސްކަން ނުދީ އެހެން މީހުންނަކީ ލާދީނީ މީހުންގެ ގޮތުގައި ތަޞްރީޙެއް ސަރުކާރުގެ އިސްވެރިޔާ ދިނުމަކީ ނިފާޤުކަން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދިދީ ވިދާޅުވެއްޖެއެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކަކީ "ދީނާ ހިލާފު ސިޔާސީ ފިކުރެއް" ގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ސިފަ ކުރައްވާފައިވުމަށް އިޝާރާތް ކުރައްވާ ޑރ އަހުމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރުގެ ދިވެހި ސަރުކާރަކީ އިސްލާމީ ސިޔާސީ ފިކުރާއި، އިސްލާމީ ވެރިކަމުގެ ނިޒާމު އޭގެ މައްޗަށް ބިނާވެގެންވާ އެއްވެސް މަބްދައަކަށް ނުވަތަ އުޞޫލަކަށް ތަބާވާ ސަރުކާރެއް ނޫންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގެން އޮންތް ކަމަށެވެ.

އެހެންކަމުން އެފަދަ ހާލަތެއްގައި އެހެން މީހުންނަކީ "ލާދީނީ" ބައެއްގެ ގޮތުގައި ތަޞްރީޙެއް ސަރުކާރުގެ އިސްވެރިޔާ ދިނުމަކީ ނިފާޤުގެ ސިފައެއްކަން ޞައްފު ސޫރަތުގެ ދެވަނަ އާޔަތުން ތިން ވަނަ އާޔަތުގެ ތަފްސީރުން އެނގެން އޮންނަ ކަމަށް ވެސް ޑރ އަހުމަދު ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ޑރ އަހުމަދު މިފަދައިން ވިދާޅުވެފައިވާއިރު ޞައްފު ސޫރަތުގެ އެ ދެއާޔަތުގެ ތަފްސީރުގައިވާ ގޮތުގައި އިންސާނުން އެބައިމީހުން ނުކުރާކަންކަމުގެ ވާހަކަ ނުދެއްކުމަށް ވެއެވެ. އަދި ނުކުރާ ކަންކަމުގެ ވާހަކަ ދެއްކުމުން ﷲގެ ހަޟްރަތުގައި އެބައިމީހުންގެ ނުރުއްސެވުން ބޮޑުވެގެން ދާނެތެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved