theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ވައްކަމުން ގައުމު ފުލަޑުވެއްޖެ، މަމެންވެސް، ތަމެންވެސް، އަފިރިންވެސް، ތަފިރިންވެސް ވިސްނަން ވެއްޖެ! / ތޭރަގްރެފިކްސް
ރިޕޯޓު
ވައްކަމުން ގައުމު ފުލަޑުވެއްޖެ، މަމެންވެސް، ތަމެންވެސް، އަފިރިންވެސް، ތަފިރިންވެސް ވިސްނަން ވެއްޖެ!
Mariyam Isaadha
މަރިޔަމް އިސާދާ
13 ޖެނުއަރީ 2026
މާލެ ސިޓީ

2018 ވަނަ އަހަރު ގައުމުގެ ވެރިކަން އޮޅުވާލި ވޯޓަކުން ފުރޮޅިގެން ދިޔަ ހިސާބުން މި ގައުމުގެ ދައުލަތަކީ ވައްކަމުގެ އައްޑާއަަކަށް ވެގެން ގޮސްފައިވާކަމުގެ ވާހަކައަކީ މެދުކެނޑުމެއް ނެތި އިވެމުންދާ އެންމެނވެސް ދަންނަ ފަރިތަ އަޑެކެވެ. ނަމަވެސް އެކަންކަން ކަމު ނުގޮސްގެން އޭރު އިދިކޮޅުގައި ތިބި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕު ވަރަށް ބޮޑަށް ވަކާލާތުވެސް ކުރިއެވެ. އެކަންކަމާ ދެކޮޅަށް މަގުތަކުގައި މުޒާހަރާކޮށް ނިކަން ފޯރި ވސް ދެއްކިއެވެ.

2023ގައި ވެރިކަން ފުރޮޅިގެން ދިޔައީ އެހުރިހާ ކަންކަމާ ދެކޮޅަށް ރައްޔިތުން ދިން ވޯޓުންނެވެ. ވޯޓު ފޮށިތަކުގެ ނަތީޖާ ބޮޑޫތަނުން ޕީއެންސީ ކެންޑިޑޭޓު ކާމިޔާބުކުރީ ވައްކަމާ އަދި އަނިޔާވެރިކަމާ ބޭއިންސާފަށް ރައްޔިތުން ޖެހި ބޮޑު "ނޯ"އަކުންނެވެ.

އަލިވިގެންދާނީ ދިވެހީންގެރާއްޖެއަކަށް ހިތާ ރޫހުން ގަބޫލުކޮށްގެން މެޖޯރިޓި ރައްޔިތުން ދިން އެ ވޯޓުން އުފދެިން ދާނީ ނަމަވެސް "ވަގުން"ގެ ރާއްޖެއެއް ކަމަށް ކުޑައިކޮށްވެސް އެ ރައްޔިތުން ހިތަށް ތަސައްވުރުވެސް ނުކުރާނެކަން ޔަގީނެވެ.

އެ ވޯޓަށް ދެ އަހަރާ އެތައް ދުވަހެއް ވެގެން ދިޔައިރު މަންޒަރު ކުލަވަމުން ގައުމުގެ ހަފަރާތަށް ބަލާލުމުން ފެންނަނީ މުޅި ދައުލަތުގެ ތެރޭގައި ކޮރަޕްޝަނާ ވައްކަން މޫ ލައިގެން ގޮސް އެކި ދިމަދިމާއަށް މޫތައް ދަތުރުކޮށްފައިވާ މަންޒަރެވެ.

އެހެންކަމުން ހަގީގަތުގައި ވިލިނގިލީގައި ހުރިގަހަކުން މޫތައް މުޅި މަގުމައްޗަށް ދަތުރުކޮށްގެން ގަސް ކަނޑާލި ގޮތަށް މި ސަރުކާރުވެސް މިއޮތީ ކަނޑާ ވައްޓަލަން ވެފައެވެ. މުޅި ދައުލަތުގެ ތެރޭގައި ވައްކަމެވެ. ވައްކަމެއް ނިމި ފަޅައަރާއިރު ވެރިމީހާގެ އެންމެ ގާތުން ނޫނީ އެ ބަޑިއެއް ނުޖަހައެވެ. ޚަބަރު ދަބަރު ބަލާލާއިރު ވެރިމީހާގެ ފަސްބައިގައި އެކަމުގެ ކިލާ ނުޖެހި ނުދެއެވެ. އެހެނީ އެކަންކަން ވެސް ކުރިއަށް ދަނީ އެމަނިކުފާނުގެ ފުރިހަމަ އިރުޝާދާ ލަފަައިގެ މަތިން ކަމަށްވާތީއެވެ.

ކުރިން އޮތް ވެރިކަން ކަމު ނުގޮސްގެން ވެރިކަމެއް ބަދަލުކުރުމުންވެސް ރައްޔިތުންނަށް ކުރާ މަންފާއެއް ލިބޭ ފައިދާއެއް ނެތެވެ. ބައިތުލްމާލު ދަވާލާ ހަރުމުދާވެސް ވިއްކަންވެސް ފެށީއެވެ. މޮޔައެއްގެ އަތަށް ކަނޑިއެއް ދިނީމާ ވާނެ ހައެތި ވަނީއަކީ އަޅުގަޑެއް ނަމަވެސް ނުބުނާނަމެވެ. އަޅުގަޑު ބުނާނީ ފައިސާގެ އަޅަކަށް ގައުމު ހަވާލުކުރުމުން ވާނެ ހަތެތި ވެ ނިމެނީއެވެ. ދަރަނި ދެއްކޭނެ ގޮތުގެ ފެހި ސިގްނަލް ދެމުން އައިސް އަޅުގަޑުމެންގެ ގައުމު މި ހުއްޓުވީ ހަތަރު އަގޮޅު ކަންމައްޗަކަށް ކުދަ ގަދަ ރަތް ލައިޓަކާ އެކުއެވެ.

ވެރިކަމާ މަޖިލިސް ވެސް ދީގެން ނޫނީ ގައުމު ހަމައަކަށް ނޭޅުވޭނެއޭ ބުނެ އެ ދެކަންވެސް ރައްޔިތުން ބޮޑުތަނުން ދިނުމުންވެސް ވީކަމެއްހރާމުން ހަރާމެވެ. ބޮޑުވީ ވެރިންގެ ފައިކޭޓުތަކެވެ. ބަރާވީ ވެރިންގެ އެކައުންޓުތަކެވެ. ފަވާލީ ރައްޔިތުންގެ ބައިތުލްމާލެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާޞު ހޯދަންވެސް ސަރުކާރުގެ ވެރިން ކިޔަނީ އެއް ލަވައެކެވެ. ކައުންސިްލތައް އިދިކޮޅު ފަރާތްތަކަށް ދީފިނަމަ ތަރައްގީ ނުގެނެވޭނެ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައާ މަޖިލިސް އިންތިހާބުގައިވެސް ކީހާ ޅެން ފަރިއްސަށް ވެފައިވާއިރު މި ފަހަރު ކިޔާ ލަވައާ މެދު ނިކަން ރަގަޅަށް ރައްޔިތުން ވިސްނަން ޖެހޭނެއެވެ.

މުޅި ގައުމު ހިތަކަށް ދިނުމުން ގައުމުގައި މިއޮތީ ވައްކަމުގެ ކޯރުތައް ދަމާލާފައެވެ. ވައްކަމުން ގައުމު ފުލަޑުވެއްޖެއެވެ. އެހެންކަމުން މަމެންވެސް، ތަމެންވެސް، އަފިރިންވެސް، ތަފިރިންވެސް ވިސްނަން ވެއްޖެއެވެ. ގައުމު ސަލާމަތު އައްސޭރިއަށް ގެންދަން ހަމައެކަނި ސިޔާސީ މީހުންނަށް ދޫކޮށްލައިގެން ނުވާނެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved