theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ރާއްޖޭގެ ހާލަތު ބަދަލު ކުރުމަކީ ސިޔާސީ މީހުންގެ ޒިންމާއެއް ނޫން: ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ރާއްޖޭގެ ހާލަތު ބަދަލު ކުރުމަކީ ސިޔާސީ މީހުންގެ ޒިންމާއެއް ނޫން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
13 ޖެނުއަރީ 2026
މާލެ ސިޓީ

ގައުމަށް ދިމާވެފައިވާ ހާލަތެއް ބަދަލުކުރުމަކީ ސިޔާސީ މީހުންގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ދެކިވަޑައިނުގަންނަވާ ކަމަށް، ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާ ހޯމް މިނިސްޓަރުމެން ފަދަ މީހުންނަކީ ސިޔާސީ މީހުން ކަމަށާ ރައްޔިތުންނަކީ ސިޔާސީ ބައެއް ނޫން ކަމަށެވެ.

އެ ރައްޔިތުންނަކީ ދައުލަތުގެ ފަރާތުން ހައްގުތަކަކާ ހިމާޔަތްތަކެއް ލިބިގެންވާ ރައްކާތެރިކުރަން ޖެހޭ ބައެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ނަމަވެސް ދައުލަތަކީ އޭރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާއެއް ނޫން ކަމަށާ ރައްޔިތުންނަށް ރައްކާތެރިކަމާ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ މުއައްސަސާތައް ހުންނާނެ ކަމަށެވެ.

އެގޮތުން ފުލުހުންގެ އިދާރާއަކީވެސް އޭގެ މުއައްސަސާއެއް ކަމަށާ ފުލުހުންގެ ތެރެއިން ހިނގާ ބޭއިންސާފާ މެދު އެ މީހުން ގިސްލާނެކަމަށް ބުނަމުންދާއިރު، ހާލަތު ބަދަލުކުރުމަކީ ސިޔާސީ މީހުންގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ގާނޫނުތަކަކީ އެންމެން ތަބާވާ ކަމެއް ކަމަށާ ފުލުހުންގެ އިދާރާގެ ތެރެއިން ވެސް އެކަންކަމަށާ މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައްޔިތުންގެ އިތުބާރާ ލޯބި ހޯދަން ބޭނުންނަމަ އެ މުއައްސަސާއަކުން ތެދު ބަސްބުނަން ޖެހޭ ކަމަށެވެ. ރައްޔިތުންނަކީ ވެސް އެ ދައުރު އަދާކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މުއައްސަސާތަކުގެ އެތޭރެ ތަހުގީގުތަކުގެ ތެރެއަށް ރައްޔިތުންގެ މަޖިލިސް ވަނުންވެސް އެމަނިކުފާނަށް ބަލައިނުގަނެވޭ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved