theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ދަރުމަވަންތަ ހޮސްޕިޓަލް / އަވަސް
ހަބަރު
ޑެންގީހުމާއި ރޯގާ އިތުރުވާތީ ސާފުތާހިރުކަަމަށް ސަމާލުވުމަށް ޢިލްތިމާސްކޮށްފި
Yana Shareef
ޔާނާ ޝަރީފް
14 ޖެނުއަރީ 2026

މިދުވަސްވަރު ޑެންގީހުމާއި ރޯގާ އިތުރުވަމުންދާތީ ޢާއްމު ސާފުތާހިރު ކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ޢިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ޑެންގީހުން ފެނިފައިވާ މިންވަރުވަނީ، އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރުވެފައެވެ. ޑެންގީހުމުގެ އިތުރުން މި ދުވަސްވަރު އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ ކޭސްތައް ފެންނަމުންދާ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ.

މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށްވުމުން ދަތުރުކުރުން އިތުރުވެފައިވާތީ، އާންމުގޮތެއްގައިވެސް ބަލިތައް ފެނުން މިދުވަސްވަރު އިތުރުވެއެވެ. މި ދުވަސްވަރު އާންމުކޮށް ފެތުރޭ ބަލިތަކުގެ ތެރޭގައި ރޯގާތަކާއި، އިންފްލުއެންޒާ އަދި ޑެންގީހުމާއި، ބޭރަށް ހިންގުން ފަދަ ބަލިތައް ހިމެނޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މިހާރު އުމްރާގެ ދަތުރުތައް ނިންމުމަށްފަހު މީހުން އަންނަމުންދާ ވަރަކަށް ރޯގާތައް އިތުރުވެފައިވާކަމަށް އެއިދާރާއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު ޑެންގީހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރު ނޮވެންބަރު މަހު ޑެންގީގެ 382 ކޭސް ފެނިފައިވާއިރު، ޑިސެންބަރު މަހުގެ ނިޔަލަށް މިއަދަދު 413 އަށް ވަނީ އަރާފައެވެ. މިއީ 2024 ވަނަ އަހަރަށްވުރެ އިތުރުވުމެކެވެ. އެއަހަރުގެ ނޮވެންބަރު މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 140 ކޭހެވެ. އަދި ޑިސެންބަރު މަހު ރިޕޯޓް ކޮށްފައިވަނީ 70 ކޭހެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved