theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
މުއިއްޒަށް ހީވަނީ މުއިއްޒު ބޭވަފާތެރިވިހެން އެހެން މީހުންވެސް ވާނެއޭ! / ތޭރަގްރެފިކްސް
ރިޕޯޓު
މުއިއްޒަށް ހީވަނީ މުއިއްޒު ބޭވަފާތެރިވިހެން އެހެން މީހުންވެސް ވާނެއޭ!
Yana Shareef
ޔާނާ ޝަރީފް
15 ޖެނުއަރީ 2026

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ހުސްގޮނޑި ދައްކަވައިގެން، އެމަނިކުފާނުގެ ނަންފުޅާއި ފޮޓޯފުޅު ބޭނުންކޮށްގެން ރައްޔިތުންގެ ތާއީދު ހޯއްދެވި ގޮތަކީ ދިވެހި ސިޔާސީ ތާރީޚުގައި ފެނިގެންދިޔަ އެންމެ ބޮޑު އެއް އޮޅުވާލުމެވެ. ވެރިކަން ލިބުމާއެކު، ރައީސް ޔާމީނަކީ އެއްވެސް މީހެއް ނޫން ކަމަށް ދައްކުވައި، އެމަނިކުފާނަށް އިހާނެތިކޮށް ހިތުމަކީ ބޭވަފާތެރިކަމުގެ އިންތިހާއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މިހާރު ފެންނަމުންދާ ކަންކަމުންވެސް އެނގެނީ ރައީސް މުއިއްޒު، ރައީސް ޔާމީނަށް އޮތް ތާއީދަށް އިންތިހާއަށް ބިރުގަންނަ ކަމެވެ. މާލެ ސިޓީ ކައުންސިލަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދަކީ ރައީސް ޔާމީންގެ ފުރިހަމަ އެންޑޯޒްމަންޓާއެކު ނުކުމެ ހުންނެވި ގައުމީ ކެންޑިޑޭޓެވެ. ނަމަވެސް، މި ހަގީގަތް އޮޅުވާލުމަށްޓަކައި ރައީސް އޮފީހުގެ ސީދާ އޯޑަރަށް ބައެއް މީޑިއާތަކުގައި ދޮގު ޚަބަރު ފެތުރުމަކީ ނާތަހުޒީބު އަމަލެކެވެ. މިއީ ރައީސް ޔާމީން ތާއީދުކުރައްވާ ކެންޑިޑޭޓަކު އިންތިޚާބު ކާމިޔާބު ކޮށްފާނެތީ، ރައީސް މުއިއްޒަށް އެކަން ހަޖަމު ނުވެގެން ކުރައްވާ ކަމެކެވެ.

ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ސޯޝަލް މީޑިއާގައި "ބޮޓުން" ބޭނުންކޮށްގެން ފައިސާ ދީގެން ދޮގު މައުލޫމާތު ފެތުރުމަކީ ހުދުމުހުތާރު ވެރިންގެ ކިބައިގައި ހުންނަ ނުބައި ސިފައެކެވެ. ރައީސް ޔާމީންގެ ސަޕޯޓަރުންގެ މެދުގައި ފިތުނަ އުފައްދައި، އެމަނިކުފާނުގެ އަގު ވައްޓާލުމަށް މުއިއްޒުގެ ޓީމުން ރެޔާއި ދުވާލު ކުރަމުންދާ މަސައްކަތަކީ ގައުމުގެ މަސްލަހަތަށްވުރެ އަމިއްލަ އެދުން އިސްކުރުމުގެ ނަތީޖާއެވެ. ވެރިކަން ހޯދުމުގެ ކުރިން ރައީސް ޔާމީނަކީ "މުއިއްޒުގެ ލީޑަރު" ކަމުގައި ވިޔަސް، މިއަދު އެމަނިކުފާނަށް ޖެއްސުންކޮށް، އެކަހެރިކުރަން އުޅުމުން ދޭހަވަނީ މުއިއްޒުގެ ކިބައިގައި ހުރި ވަފާތެރިކަމެއް ނެތް ސިފައެވެ.

ގައުމީ ކެންޑިޑޭޓު ޒަރިޔަންދުގެ ކެންޑިޑެސީއާ ގުޅޭގޮތުން ރައީސް އޮފީހުން ފަތުރަމުންދާ ދޮގު މައުލޫމާތުތަކަކީ ރައީސް ޔާމީންގެ ސިޔާސީ ބާރު ކަނޑުވާލުމަށް ކުރާ ބޭކާރު މަސައްކަތެކެވެ. ރައީސް މުއިއްޒަށް ހީވަނީ އެމަނިކުފާނު ރައީސް ޔާމީނަށް ބޭވަފާތެރިވި ފަދައިން، އެހެން މީހުންވެސް އެގޮތަށް އަމަލުކުރާނެ ކަމަށެވެ. ނަމަވެސް، ރައީސް ޔާމީންގެ އިޚްލާޞްތެރި ސަޕޯޓަރުންނާއި، އެމަނިކުފާނު ނެރުއްވާ ކެންޑިޑޭޓުންނަކީ ގައުމީ ފިކުރުގައި ސާބިތުވެ ތިބި ބައެކެވެ.

ޖުމްލަ ގޮތެއްގައި ބަލާއިރު، ރައީސް މުއިއްޒުގެ ވެރިކަމުގެ މި ކުރު މުއްދަތުގެ ތެރޭގައި ފެނިގެންދަނީ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ފަދަ ދޮގަކާއި އޮޅުވާލުމެއްވެސް ކުރަން ފަސްނުޖެހޭނެ ކަމެވެ. ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ވެރިކަމަށް އައިސް، އެމަނިކުފާނަށް ފުރަގަސްދިނުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެވެ. އަދި ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ހިންގާ ދޮގު ޕްރޮޕެގަންޑާތަކަކީ ޑިމޮކްރަސީގެ ރޫހާ މުޅިން ޚިލާފު، ހުދުމުހުތާރު އަމަލުތަކެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލި، ސިޔާސީ ގޮތުން ރައީސް މުއިއްޒު އެކަހެރިވަމުންދާކަން މިއަދު މިވަނީ ހާމަވާން ފަށާފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved