ޕީއެންސީއިން އިންތިހާބީ މަގާމުތަކުގެ ޓިކެޓުތަކަށް ނުފޫޒު ފޯރުވަނީ އާންމުންގެ އިތުބާރު ޕާޓީއަށް ނެތްކަން އެނގުމުން ކަމަށް، ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާއެއްގައި އެމަނިކުފާނު ވަނީ ޕާޓީގައި ތިބި އިހުލާސްތެރިންނަށް ޓިކެޓު ނުދީ އެކި އިންތިހާބުތަކުގައި ޓިކެޓުތައް ތަބަކަސްލާ ބަހަމުންދާ ދިއުމަށް އިޝާރާތްކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ޕީއެންސީއިން އެކަން އެގޮތަށް ކުރަނީ ޕާޓީގެ ލީޑާޝިޕަށް މެމްބަރުންގެ އިތުބާރު ގެއްލިގައިވާކަން ހުދު އެބޭފުޅުންނަށްވެސް އެނގޭތީ ކަމަށާ އެގޮތުން އިންތިހާބުވެގެން ހޮވޭ ފަރާތްތައް ޑޮމިނޭޓުކުރަން ލީޑާޝިޕަށް އުނދަގޫ ވާނެވުންވެސް އެއީ ޓިކެޓުތަކަށް ނުފޫޒު ފޯރުވުމުގެ ފަހަތުގައި އޮތް ސަބަބެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ އިތުރުބާރު ޕީއެންސީއަށް ގެއްލުނީ ރިޔާސީ އިންތިހާބާ އަދި މަޖިލިސް އިންތިހާބުގައިވެސް ޝަރުތު ފުރިހަމަވާކަމަށް ދެކި ރައްޔިތުން ވޯޓުދިނުންމުން އޭގެ ދެ އަހަރުފަހުން މިއީ ކުފޫ ހަމަވާ ޝަރުތުހަމަމވާ ބައެއް ނުންކަން އެމީހުން އަމިއްލައަށް ރައްޔިތުންނަސް ސާބިތުކޮށްދިނުމުން ކަމަށެވެ.