ރައްޔިތުންގެ އިހުސާސާ އެއްގޮތަށް ވެރިކަން ކުރާނަމަ ފެންނަ ނުފެންނަ އަށް ދާނީ ދެ އަހަރު ފަހުން ނޫން ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރުން މަސައްކަތްކުރަމުން ގެންދާތީ އެކަމަށް އިޝާރާތްކުރައްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ ބަހާ މަޝްވަރާ ހޯދައިގެން ވެރިކަން ކުރާނަމަ އެ ރައްޔިތުންނާ ބައްދަލުކޮށް ވެރިކަން ކުރާނީ ވެރިކަމަށް ދެ އަހަރުވެ ދައުރު ދެބައިވުމުން ނޫން ކަމަށެވެ.
އެމަނިކުފާނު ވަނީ ޕީއެންސީ ސަރުކާރަށް ރައްޔިތުންގ އިތުބާރު ގެއްލިފައިވާ ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ. ސަބަބޚީ ބަހާ އަމަލ ދިމާނުވުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.