March 11, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޕީއެންސީއަށް ވޯޓު ދިނުމަކީ އަމިއްލަ ސަންދޮއް ޖެހުން: އައްބާސް

Mariyam Isaadha
މަރިޔަމް އިސާދާ
Jan 18, 2026, 12:10 AM
މާލެ ސިޓީ

ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ވޯޓު ދިނުން ވެގެންދާނީ ރައްޔިތުން އަމިއްލައަށް އަމިއްލަ ސަންދޯއް ޖެހުމުގެ ގޮތުގައި މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ސިފަކުރައްވައިފިއެވެ.

Advertisement

އައްބާސް އޭނާގެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީއަށް ވޯޓު ދިނުން ރައްޔިތުން އަމިއްލައަށް ސަންދޮއް ޖެހުމުގެ ގޮތުގައި ތަކުރާރުކޮށް ފާހަގަކުރަނީ ޤައުމު އަޅުވެތިކަމަށް ދާން ބޭނުން ނުވާތީ ކަމަށެވެ. އަދި އެއީ އެނާ ރައްޔިތުންނަށް ހެޔޮއެދޭތީ ބުނާ ބަހެއް ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.



މީގެ އިތުރުން ރައްޔިތުން މަދު ފައިސާ ކޮޅަކަށް ހެއްލި ނުވަތަ ވަގުތީ ވަޒީފާއެއްގެ ދަހިވެތި ކަމުގައި ރައްޔިތުން އަމިއްލައަށް ރައްޔިތުންގެ ދަންމަޅި ޖަހާތަން ބަލަން ހިތަށް ކެތްނުވާ ކަމަށްވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.



އައްބާސް ވިދާޅުވީ މިއަދު މި ގައުމުން ފެންނަމުންދަނީ ޑިމޮކްރަސީގެ ރިވެތި ސިފަތައް ގެއްލި ދަޢުލަތުގެ ހުރިހާ ބާރުތަކެއް ރައީސް ޑރ. މުއިއްޒުގެ މުށުތެރެއަށް ލުމަށްފަހު ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ކަމަރު ބަންނަމުންދާ މަންޒަރަށް ކަމަށެވެ.



ހަމައެހެންމެ ގައުމުގެ މިހާރުގެ ހާލަތަކީ ރައްޔިތުންގެ ހައްޤުގައި ބަސް ބުނާނެ އެއްވެސް މުއައްސަސާއެއް ނެތުން ކަމަށްވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.

އައްބާސް މިފަދައިން ވިދާޅުވެފައިވާއިރު، ކައުންސިލް އިންތިހާބު ސަރުކާރަށް ނުދީފި ނަމަ ރަށް ރަށަށް ތަރައްގީ ނުގެންނާނެ ކަމުގެ އިޝާރާތެއް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ދެއްވާފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved