March 15, 2026
Advertisement
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ!

Mariyam Isaadha
މަރިޔަމް އިސާދާ
Jan 18, 2026, 10:07 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)އިން މިރޭ ފޯރިގަދަ ޖަލްސާއެއް ބާއްވާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

މިރޭގެ ޖަލްސާވެސް އޮންނާނީ އާދައިގެން މަތިން އެ ޕާޓިގެ ޓައުން ހޯލު ޖަލްސާތައް އޮންނަ ގަޑި ކަމަށްވާ ރޭގަނޑު 8:45ގައި ކަމަށް ޕީއެންއެފުން ހާމަކުރެއެވެ. ހ. ދޫވެހިގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައި ޖަލްސާ ކުރިއަށް ދާނެ އިރު މިރޭގެ ޖަލްސާގައިވެސް ރައީސް ޔާމީން ބައިވެރިވަޑައިގެން އިންސާފުކޮށް ދެއްވާނެ ކަމަށް މައުލުމާތު ލިބިފައިވެއެވެ.

ޕީއެންއެފް އިން އަންނަނީ ގައުމީ މިނިވަންކަމާއި އިސްލާމީ ޝިއާރުތައް ދިފާއުކޮށް ރައްޔިތުންގެ ތެރެއަށް ނިކުމެ، އެމީހުންގެ ސިޔާސަތުތައް ހުށަހަޅަމުންނެވެ.

މި ޖަލްސާތަކަށް ދިވެހި ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. ގައުމުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާލާ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައި ތިއްބެވި ކަމުވޮށިގެން ވާ ބޭފުޅުންނެވެ.

މީގެ އިތުރުން ގައުމުގައި ހުރި ގިނަ ކަންކަން އިސްލާޙުކޮށް ބަދަލު ގެނައުމަށް ޕީއެންއެފުން ވަނީ ގައުމީ ބޮޑު ކެމްޕެއިނެއް، "ރީސެޓު"ގެ ނަމުގައި އިފްތިތާހުވެސް ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved