theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން / ޕީޕީއެމް
ސިޔާސީ
މިނިވަން ކެންޑިޑޭޓުން 50 ސޮއި ހޯދުން ގާނޫނާ ހިލާފު: ރައީސް ޔާމީން
Aiminath Zawjah
އައިމިނަތް ޒަޢުޖާ
18 ޖެނުއަރީ 2026
މާލެ ސިޓީ

މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން 50 މީހުންގެ ސޮއި ހޯދަންޖެހޭ ގޮތަށް އޮންނަ އޮތުމަކީ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި އޮތް ކަމެއް ނޫން ކަމަށާއި، އެއީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ މިރޭ ކުރިއަށް ދިޔަ ޕީޕަލްސް ނެޝެނަލް ފްރަންޓް (ޕީއެންއެފް) ގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މިހާރުގެ ސަރުކާރުން އަންނަނީ މިނިވަން ކެންޑިޑޭޓުންނަށް ގަސްތުގައި ބޮޑެތި ތަކުލީފުތައް ޖައްސަމުން ކަމަށެވެ. ވަކިން ހާއްސަކޮށް، "އީފާސް" މެދުވެރިކޮށް 50 މީހުންގެ ސޮއި ހޯދަން ޖެހުމަކީ ކެންޑިޑޭޓުންނަށް ކުރިމަތިކުރާ ވަރަށް ބޮޑު ދައްޗެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

"ކީއްވެގެންހޭ ރިކުއާ ކުރަނީ ގާނޫނުގައި ނެތް ކަމެއް؟ މިއީ ކުރެވިގެންވާނެ ކަމެއް ނޫން، އަދި މިއީ އެއްވެސް ބޭނުމެއް އޮތް ކަމެއްވެސް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ނޫން ގޮތަކަށް އަމިއްލަ ގޮތުން ނުކުންނަ ކެންޑިޑޭޓުންނަށް ކުރެވުނު ކޮންމެ އުނދަގުލެއް ސަރުކާރުން ޖައްސަމުންދާ ކަމަށެވެ. އަދި މިއީ މިހާރުގެ ސަރުކާރުން އެކަނި ކުރާ ކަމެއް ނޫން ކަމަށާއި، އެމްޑީޕީގެ ދެ ސަރުކާރުންވެސް ކަންތައް ކުރީ ހަމަ މިފަދަ ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިތާކު ނެތް އެއްބަޔަކަށް ދޫކުރާނެ އެކަކުވެސް. ޖެއްސުނު ހުރިހާ ދުއްޕާނެއް އަންނަނީ ޖައްސަމުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މި މޭރުމުން ވާހަކަފުޅު ދެއްކެވިއިރު، ކުރިއަށް އޮތް އިލެކްޝަނުގައި އެމަނިކުފާނު އެންޑޯޒް ކުރެއްވި ކެންޑިޑޭޓް، އިސްމާއީލް ޒަރިޔަންދު ވާދަކުރައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ. ޒަރިޔަންދު އިންތިޚާބަށް ކުރިމަތިލައްވާތީ، ސަރުކާރުން ބިރުން އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި މިފަދަ ހުރަސްތަކަކީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ގަސްތުގައި ކުރިމަތިކުރާ ކަންކަން ކަމަށް ތުހުމަތު ކުރެއްވިއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?