theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
މުހައްމަދު މަލީހް ޖަމާލް / ތޭރަ އޮންލައިން
ސިޔާސީ
އީސީގެ އެންމެ ބޮޑު ޒިންމާއަކީ ވޯޓުލާން މީހުން ނެރުން، މަސައްކަތް ކުރާ ތަނެއް ނުފެނޭ: މަލީހް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
19 ޖެނުއަރީ 2026
މާލެ ސިޓީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މަލީހް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ އެންމެ ބޮޑު ޒިންމާއަކީ ވޯޓުލާން މީހުން ނެރުން ކަމަށާއި، ނަމަވެސް ވޯޓަރުން ހޭލުންތެރިކުރުވުމަށް (އެޑިއުކޭޓް ކުރުމަށް) އެ ކޮމިޝަނުން އަދިވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ. މަލީހް ވަނީ އެ މަސައްކަތްތައް ފަށާނީ ކޮން އިރަކުންތޯ ސުވާލު އުފައްދަވާފައެވެ.

އިންތިޚާބާ މެދު ސަރުކާރުން ބޭނުން ގޮތެއް ހަދަމުންދާއިރު، އިލެކްޝަންސް ކޮމިޝަނުން ފަރުވާކުޑަކުރަމުންދާ ކަމަށް މަލީހް ތުހުމަތު ކުރެއްވިއެވެ. މީގެ އިތުރުން، ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ސިޔާސީ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދެމުން ނުދާކަން މަލީހްގެ އެކްސް ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ.

މަލީހްގެ ޕޯސްޓްގައި އިތުރަށް ވިދާޅުވީ، އިންތިޚާބުގެ ކަންކަން އިންސާފުވެރިކަމާއެކު ކުރިއަށްދާކަން ކަށަވަރުކުރުމުގައި ޓްރާންސްޕެރެންސީ މޯލްޑިވްސް ފަދަ ޖަމްއިއްޔާތަކުގެ ދައުރު ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?