theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ޕީއެންއެފުން މީޑީޔާއަށް މައުލޫމާތު ދެއްވަނީ / ތޭރަ އޮންލައިން
ހަބަރު
ކައުންސިލް އިންތިހާބާ ގުޅިގެން ޕީއެންއެފްގެ ދެ ހުށަހެޅުމެއް އީސީއަށް!
20 ޖެނުއަރީ 2026
މާލެ ސިޓީ

ލޯކަލް ކައުންސިލް އިންތިހާބުގައި އީފާސް ބޭނުންކުރުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން ދެ ހުށަހެޅުމެއް، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުންނާ އެކު މެންދުރު ފަހު ބޭއްވި ބައްދަލުވުމަށް ފަހު މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅުމާ އަދި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލާ ކެންޑިޑޭޓުން 50 މީހުންގެ ތާއީދު ހޯދަން ޖެހޭއިރު އެ ތާއީދުކުރާ މީހުންގެ ފޯމު ވެސް ހުށަހަޅަން ޖެހެނީ އެ ބައެއްގެ އީފާސް މެދުވެރިކޮށް ކަމަށްވާއިރު އެއި ވެރިފައިޑް އީފާސްއަށް ވާން ވެސް ޖެހޭ ކަމަށެވެ. އަދި ވެރިފައިޑް ނޫން ނަމަ އެ އީފާހެއް ވެރިފައިކުރަންވެސް އެތައް ގަޑިއިރެއް ބައެއް ފަހަރު ހޭދަވެގެންދާ ކަމަށާ އަދި ބައެއް ބަހަރު "ލޮގ އައުޓު" ވުން ފަދަ އުނދަގޫ ކަންކަން ކުރިމަތިވާ ކަމަށެވެ.

ކަންމިހެން އޮތްއިރު އީފާސް މެދުވެރިކޮށް އެކަނި އެޕްލިކޭޝަން ބަލައިގަތުން އެއީ ގާނޫނާ ޚިލާފުކަމެއް ކަމަށާ ގާނޫނުން އެ ބާރު އިލެކްޝަނަށް ލިބިގެން ނުވާ ކަމަށްވެސް މަލީހު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ޕީއެންއެފުން ވާނީ އިލެކްޝަންގެ މެމްބަރުންނާ ބައްދަލުކޮށް ދެ ހުށަހެޅުމެއް ހުށަހަޅާފައި ކަމަށާ އޭގެ ތެރޭގައި ހިމެނެނީ، އީފާސް ޝަރުތެއްގެ ގޮތުގައި އޮތުމަށް ރިއާޔަތް ކުރުމަށާ މިނިވަން ކެންޑިޑޭޓުންނަށް ތާއީދުކުރާ 50 މީހުންގެ ފޯމު އަމަލީ ގޮތުން ފުރާ އަޕްލޯޑް ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

މަލީހު ވިދާޅުވީ އޮންލައިން ޕްރޮސެސްއެއް އޮތުމަކީ މައްސަލައެއް ނޫން ކަމަށާ މައްސަަލައަކީ ދީފައި އޮތް މުއްދަތުގެ ކުރުކަމާ އެކު މަސައްކަތް ފުރިހަމަ ކުރަން ނަގާ ވަގުތު ގިނަ ވުން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?