March 14, 2026
Advertisement
ބިޓެއް ކަޓައިގެން އުޅުއްވަނީ ރައީސް ޔާމީނެއް ނޫން، މުއިއްޒާއި ބޮޓުންކޮޅު!
ބިޓެއް ކަޓައިގެން އުޅުއްވަނީ ރައީސް ޔާމީނެއް ނޫން، މުއިއްޒާއި ބޮޓުންކޮޅު! / ތޭރަގްރެފިކްސް

ބިޓެއް ކަޓައިގެން އުޅުއްވަނީ ރައީސް ޔާމީނެއް ނޫން، މުއިއްޒާއި ބޮޓުންކޮޅު!

Jan 22, 2026, 03:02 AM

ރައްޓެހިވެގެން އުޅޭ އިރު ލޯބިވެރިންނަށް އެކަކު އަނެއްކަކުގެ އެއްވެސް އުނި ސިފައެއް ނުފެންނަ ފަދައިން އޭރު ސަނާ ކިޔުއްވި އިރު ރައީސް ޔާމީން ވަރެއް އަދުގެ ސަރުކާރުގެ ވެރިންނަކަށް ނެތެވެ. އެމަނިކުފާނުގެ ހުސް ގޮނޑި ބަހައްޓަވާ ފޮޓޯ ޖަހައިގެން ވެރިކަމަށް އައުމަށް ވެސް ބޭނުންކުރެއްވީ އެމަނިކުފާނުގެ ނަންފުޅެވެ.

Advertisement

މިފަދައިން ކަންތައް ކޮށްފައި ވެރިކަމާއި އާރާއި ބަރާއި ޝާނާއި ޝައުކަތު ލިބުނީމަ އެމަނިކުފާނު ބާކީ ކޮށްލީއެވެ. މުއިއްޒަށް ހީވީ ވެރިކަން ގެއްލިދާނެއެވެ. އަވަސް އަރުވާލައިގެން ދޮގު ވާހަކަތައް ފަތުރައި ރައީސް ޔާމީންގެ ނަންފުޅު ކިލަނބުކޮށްލަން މަސައްކަތް ފެއްޓެވިއެވެ.

މި މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ކުރީގައި ރައީސް ޔާމިނަށް ސަނާ ކިޔުއްވާ އެމަނިކުފާނު ވަރެއް ނެތިގެން އުޅުއްްވި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާއެވެ. ސޯޝަލް މީޑިއާގެ އެތަން މިތަނުގައި ރައިސް ޔާމިނުގެ ނަންފުޅު ބޭނުންކުރައްވާ ޝިއުނާ ހިތުހުރި އެއްޗެއް ކިޔަނީއެވެ.

ޝިއުނާމެން ކަހަލަ ބޮޓުންނަށް ރައީސް މުއިއްޒު ހަދިޔާއެއްގެ ގޮތުން ފައިސާއާއި އޭތި މީތީ ދީހަދާ ވާހަކަތަކީ އެ މީހުންގެ ގާތް މީސްމީހުންގެ ފަރާތުން ބޭރުވެފައިުރި ވާހަކަތަކެވެ.

ކުރީ ސަރުކާރުން ރައީސް ޔާމީން ފްރޭމްކުރި ވާހަކަ ވެސް އޭރު ކީ އެފަދައިންނެވެ. ނަމަވެސް މިހާރު ޝިއުނާމެންގެ ރާގު އޮޅިއްޖެއެވެ. ކުށް ސާބިތުނުވުމުން ވެސް ތުހުމަތުކޮށް ވާހަކަ ދައްކާ ހަދާއިރު ތިމާ މީހާގެ މައްޗަށް ވެސް މީހުން އެތައް ކަމެއް ތުހުމަތު ކުރާކަން ނޭނގެނީއެވެ. ވާނީވެސް އެހެންތާ، ނެތް ފެންވަރުން ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރައެއް ލިބޭ ވަޒީފާއެއްގައި އުޅެންޏާ ފެންވަރު އޮޅިގެން މީހުންނަށް އިހުތިރާމު ކުރުމެއް ވެސް ނެތެވެ.

ސަރުކާރު ޕްރޮމޯޓުކުރަން އެތައް ކަމެއް ބޮޓުން ލައްވާ ރައީސް މުއިއްޒު ކުރަން އުޅުނަސް ގޮވަނީ އަތަށެވެ. ދާދި ފަހުން ރައީސް ޔާމީން އެންޑޯޒް ކުރެއްވި ގައުމީ ކެންޑިޑޭޓާ ބެހޭގޮތުން ވެސް ޝިއުނާ ހިންގާކަމަށް ބުނާ ބްލޮގަކުން ދޮގު ފެތުރިއެވެ. ދޮގު ޚަބަރު ފެތުރުމާއި ހިލާފުކަމަށް ބުނެ "މީޑިއާ ކޮންޓްރޯލް" ކުރާ ގާނޫނެއް އުފައްދާ އެއަށް އަމަލު ކުރުމެއް ވެސް ނެތީއެވެ.

ވަކި ބަޔަކަށް ވަކި ގޮތެކެވެ. ޝިއުނާމެން ދައުލަތުން ވައްކަން ކުރިއަސް ދޮގު ހެދިއަސް ރައީސަށް ސަނާ ކިޔާފައި އެހެން ވެރިންނަށް އިހުތިރާމުކުޑަވާ ގޮތަށް ޕޯސްޓުކުރަން ތިބެންޏާ އޯކޭއެވެ.

ބިޓެއް ކަޓައިގެން އުޅުއްވަނީ ރައީސް ޔާމީނެއްް ނޫނެވެ. ބިޓެއް ކަޓައިގެން އުޅޭހެން ތެޅެނީ ރައީސް މުއިއްޒުގެ ބޮޓުން ކޮޅެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved