theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން / ސޯޝަލް މީޑިއާ
ސިޔާސީ
މުއިއްޒު ދަނީ ދެއުޅިއެއް ނުވާ ހުދުމުހުތާރުކަމުގެ ސިފަތައް ދައްކަަމުން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
21 ޖެނުއަރީ 2026
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއއިްޒު ގެންދަވަނީ ދެއުޅިއެއް ނުވާ ޚުދުމުހުތާރު ސިފަތައް ދައްކަވަމުން ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި ފަދައިން ވިދާޅުވީ، ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ ޕީއެންސީއަށް ކައުންސިލްތައް ނުދީފިނަމަ ރަށްރަށަށް ތަރައްގީ ނުގެންނާނެ ކަމަށް ރައިސް މުއިއްޒަށް ވިދާޅުނުވެވޭނެ ކަމަށާ އަތޮޅުތަކުގެ ބާރަކީ އެ އަތޮޅެއްގެ ރައްޔިތުންގެ އެއްޗެއް ކަމަށެވެ. އަދި ޕީއެންސީއަށް ކައުންސިލް ގޮނޑިތައް ދިނުމަށް އިންޒާރުދީ ރައްޔިތުންނަށް ބިރު ދެއްކުމަކީ ތަހުޒީބީ މުޖުތަމައަކަށް ބީރައްޓެހިކަމެއް ކަމަށާ ރައީސް މުއިއްޒަށް ސަރުކާރާ މަޖިލިސް ވެސް ދިނުމުން ނެގެނުވުނު ތަރައްގިއެއް އަދި ވަކިން ކައުންސިލްތައް ދީގެން ގެނެސްދޭނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކައުންސިލް ދިނަސް ތަރައްގި ގެނެސްދޭނީ ރައީސް މުއިއްޒު ބޭނުން ނަމަ ކަމަށަ ރައްޔިތުންނަށް ރައީސް މުއިއްޒުވަމުންދާ އިހުމާލުގެ އެންމެ ބޮޑު ޒިންމާ ނަގަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށެވެ. އެހެނީ މަޖިލިސް މެމްބަރުން އެމީހުންގެ ޒިންމާ އަދާނުކޮށް ރައީސް މުއިއްޒަށް ބައިއަތު ހިފުމުގެ ނަތީޖާއަކީ ހުރިހާ ބާރެއް ރައީސް މުއިއްޒުގެ މުށުތެރެއަށް ދަމައިގަތުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ ޚުދމުހުތާރުކަމުގެ ސިފަ ނުހަނު ރަގަޅަށްވެސް ދައްކަވަމުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިފަހަރު ރައްޔިތުން ވޯޓުލާން އިހުތިޔާރުކުރަންވީ މިނިވަން ކެންޑިޑޭޓުން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?