
ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުވާތައް ކޮށްފައިވަނީ އެމަނިކުފާނާ ވާދަކުރަން ބިރުގަންނާތީކަމަށް ޕިއެންއެފްގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް ޔާމީން ހުރަގޭގައި ހުންނަވާ މާލެ ވަޑައިގެންނެވި މަންޒަރުތަކާއި ރައީސް މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާ ދެއްވި އެންެމެ ފުރަތަަމަ ތަގްރީރުގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯއެއްވެސް ޕޯސްޓުގައި ހިއްސާކޮށްފައިވެއެވެ.
ޑރ.ޖަމީލް ވަނީ ރައީސް ޔާމީންގެ އިސްތަށިފުޅުގައި އިލްޒާމު އެޅުއްވުމުން ވެސް އެމަނިކުފާނު ސާބިތުވެ ހުންނެވިކަން ފާހަގަކުރައްވާ އެމަނިކުފާނުގެ އަޒުމަށް ސާބަސް ދަންނަވާފައެވެ.
އިތުރަށް ޑރ.ޖަމީލް ވިދާޅުވީ ކޯޓުތަކުގައި ތަކުރާރުކޮށް އެމަނިކުފާނަކީ މައުސޫމް ބޭފުޅެއްކަން ސާބިތުކޮށްދެއްވާފައިވާކަމަށެވެ.
މިއަދު ރައީސް ޔާމީނަކީ ރާއްޖޭގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރުކަމަށް ވެސް ޑރ.ޖަމީލް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.










