March 11, 2026
Advertisement
-
- / ތޭރަ އޮންލައިން

ޕީއެންއެފްގެ ފޮރޮންޓް އޮފީސް ޖަލްސާއެއް މިރޭ އޮންނާނެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 22, 2026, 06:31 PM
މާލެ ސިޓީ

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުން އަންނަ "ފްރޮންޓް އޮފީސް" ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

މި ޖަލްސާ އޮންނާނީ މިރޭ 20:45 ގައި ހ. ދޫވެހީގައެވެ. މި ޖަލްސާގައި ރައީސް ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި ޕާޓީގެ އިސް ބޭފުޅުންނާއި އާންމު މެންބަރުން ބައިވެރިވުމަށް ވަނީ ދައުވަތު އަރުވާފައެވެ.

ޕީއެންއެފް އިން ބުނި ގޮތުގައި މިފަދަ ޖަލްސާތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ސަރުކާރު ޒިންމާދާރު ކުރުވުމާއި، ގައުމުގައި ހިނގަމުންދާ މުހިންމު ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމެވެ. އަދި މި ޖަލްސާތަކުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ މުހިންމު ފައިދާކުރަނިވި މައުލޫމާތުތަކެއް ފޯރުކޮށްދެވޭ ކަމަށްވެސް އެ ޕާޓީން ފާހަގަކުރެއެވެ.

މިރޭގެ ޖަލްސާގައިވެސް ގައުމީ ބޮޑެތި މައްސަލަތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ދާއިރާތަކުން ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ޕީއެންއެފް އިން އަންނަނީ ކޮންމެ ހަފުތާއަކުވެސް މިފަދަ ޖަލްސާތައް ބާއްވައި، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved