އަދުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު އިންތިޚާބްކުރެއްވީ އެބޭފުޅާ އަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ކެންޑިޑޭޓް ކަމުން ކަމަށް ޕީއެންއެފްގެ ފަރާތުން ކުރިޔަށް އޮތް މަޖިލިސް އިންތިޚާބްގައި ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ޝަރަފުއްދީން (ޝަރަފް) ވިދާޅުވެއްޖެއެވެ.
ޝަރަފް މިފަދައިން ވިދާޅުވެފައިވަނީ ފްރޮންޓް އޮފީހުގައި ސިލްސިލާ ގޮތެއްގައި މިހާރު ބާއްވަމުން އަންނަ ޖަލްސާ ތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަވަމުންނެވެ.
އެގޮތުން އޭނާ ވިދާޅުވީ ރައީސް މުއިއްޒު ވެެރިކަމަށް އައުމަށްޓަކައި ރައީސް ޔާމީންގެ ފޮޓޯ ފުޅާ ހުސްގޮނޑި ބެހެއްޓެވިކަމަށެވެ.
ރައްޔިތުން ރައީސް މުއިއްޒު އިންތިޚާބް ކުރެއްވީ ރައީސް ޔާމީން ދެއްކެވި ކެންޑިޑޭޓް ވީމާ ކަމަށާއި އެމަނިކުފާނު މިނިވަންކޮށްދެއްވާނެކަމުގެ އުންމީދުގައި ކަމަށެވެ.
ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރީ ތިޔަ ރައްޔިތުން މަސައްކަތް ކުރީ ވަކި މީހަކު ދައްކައިގެން. އެ ހަގީގަތެއް ބަދަލެއް ނުކުރެވޭނެ. އެ ވާހަކަ އަޅުގަނޑުމެންނަށް މިއަދު ނޫސްތަކުން ފެނިއްޖެ. އަޅުގަނޑުމެން ދިވެހިރައްޔިތުން ރައީސް މުއިއްޒު ވެރިކަމަށް ގެންނަން ހުސް ގޮނޑިއެއް ބޭންދީމު، ހުސް ގޮނޑިއެއްގައި ފޮޓޯއެއް ބެހެއްޓީމު، އެ ވާހަކަ ދެއްކިން. އެ ވާހަކަ ދައްކައިގެން ޑރ މުއިއްްޒު ވެރިކަމަށް ގެނައީ. ހިސާބު ޓީޗަރަށް އޮޅިވަޑައިގެންފައި ހުންނެވީ. ހިސާބު ޓީޗަރު ތި ޖައްސަވަނީ ނުބައި ހިސާބެއް.
ޝަރަފް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށްޓަކައި ދިވެހި ރައްޔިތުން ބުރަ މަސައްކަތެއް ކޮށްދެއްވި ކަމަށެވެ.
ރައްޔިތުން ވޯޓު ދެއްވީ އަދުރޭ އަކަށް ނޫންކަމަށާއި ނުވަތަ އަދުރޭ ދެއްކެވި ކެންޑިޑޭޓަށް ނޫންކަމަށްވެސް ޝަރަފް ވިދާޅުވިއެވެ.