March 13, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ކައުންސިލް އިންތިޚާބު: ސަރުކާރު ކެންޑިޑޭޓުން ނުހޮވިދާނެކަމުގެ ބިރު ރައީސް މުއިއްޒަށް

Yana Shareef
ޔާނާ ޝަރީފް
Jan 25, 2026, 04:07 AM

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުން ނުހޮވޭނެކަމުގެ ބިރު ރައީސް މުހައްމަދު މުއިއްޒަށް އޮތްކަން ހާމަވެއްޖެއެވެ.

Advertisement

އެންސީގެ ކެމްޕޭން ހަރަކާތެއްގައި ރައީސް މުއިއްޒު ވިދާޅުވީ މިއީ ރައްޔިތުންގެ ވިންދާއި އިހުސާސްތައް ގާތުން ދެނެގަނެ، އެއާ އެއްގޮތަށް ކަންކަން ކުރާ ސަރުކާރެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންނާއި ސަރުކާރާ ދެމެދަށް އިދިކީލަ ވިސްނުންތަކެއް ނުވައްދަން އެމަނިކުފާނު އެދިވަޑައިގަތެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށެވެ. އަދި ޕީއެންސީ ކެންޑިޑޭޓުން ކައުންސިލަށް ހޮވަންވީ އެކަންކަމުގައި ހިފައި، އެ ކަންކަމަށް ބާރު އަޅައިދޭނެތިކަމަށެވެ.

މުއިއްޒަށް އިދިކޮޅު ކައުންސިލްތަކުން ޖެއްސުންކުރާކަމަށް ބުނެ ދެެއްކި ވާހަކައަށް ކައުންސިލްތަކުން ވަނީ ރައްދު ދީފައެވެ.

ސަރުކާރު ކެންޑިޑޭޓުން ނުހޮވިދާނެކަމުގެ ބިރު ހީވެގެން ރައީސް މުއިއްޒު ކައުންސިލް އިންތިޚާބުގައި އެހެން ފަރާތްތަކަށް ސަމާލުކަން ނުދިނުމަށް ވާހަކަ ދެއްކުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved