March 11, 2026
Advertisement
;
; / ސޯޝަލް މީޑިއާ

ޗާގޯސް ޑީލަށް ގާނޫނީ ބާރު ދިނުމުގެ ބިލަށް ބަހުސްކުރުން ފަސްކޮށްފި

Yana Shareef
ޔާނާ ޝަރީފް
Jan 25, 2026, 04:13 AM

އިނގިރޭސި ވިލާތުން މޮރިޝަސް އަށް ޗާގޯސް ދިނުމަށް ހެދި އެއްބަސްވުމަށް ގާނޫނީ ބާރު ދިނުމާ ބެހޭ ގޮތުން ހުށަހަޅާފައިވާ ބިލަށް ގާނޫނު ހަދާ މަޖިލިހުގެ ބަހުސްކުރުން ފަސްކޮށްފިއެވެ. 

Advertisement

ކުރިން ތާވަލްކޮށްފައި އޮތީ ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމާއި އެ ތަނުގެ އެންމެ ބޮޑު ރަށް އަދި އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ މަރުކަޒު ޑިއެގޯ ގާސިއާ އަހަރަކު 101 މިލިއަން ޕައުންޑަށް ކުއްޔަށް ހިފާފައި ބޭއްވުމާ ބެހޭ ޑީލަށް ހޯމަ ދުވަހު ލޯޑްސްގައި ބަހުސްކުރާށެވެ. 

އެހެންނަމަވެސް މި ޑީލަށް ދެކޮޅުހަދަމުން އަންނަ ކޮންޒަވެޓިވް މެންބަރުން ހުކުރު ދުވަހު ވަނީ ޖިއޮޕޮލިޓިކަލް ކަންތައްތައް ބަދަލުވަމުންދާ ކަމަށް ބުނެ އެކަމާ ގުޅުވައި މި ބަހުސް މި ވަގުތަށް މަޑުޖައްސާލަށް އިސްލާހެއް ހުށަހަޅައިފަ އެވެ. 

އެހެންކަމުން ސަރުކާރުން ބުނީ ބިލާ ބެހޭ ބަހުސް މި ވަގުތު ކުރިއަށް ނުގެންދާނެ ކަމަށާއި އެކަމަކު އަދި މި ބިލް އަލުން ފޮނުވާނެ ކަމަށެވެ. 

ބީބީސީން ބުނީ މިކަމުގައި ރައްދު ދޭނެ ގޮތަކާ މެދު ސަރުކާރުން ވިސްނަމުން އަންނަ ކަމަށާއި އެކަމަކު ކުރިއަށް އޮތް ތަނުގައި މިގޮތަށް ބިލްތަކަށް ހުރަސްއެޅުމަށް މިފަދަ އުކުޅުތައް ބޭނުންކުރިޔަ ނުދޭން ކުރެވިދާނެ ކަންކަން އެބަހުރި ކަމަށެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved