March 14, 2026
Advertisement
ޕީއެންއެފްގެ ގައުމީ ޖަލްސާގެ ތެރެއިން
ޕީއެންއެފްގެ ގައުމީ ޖަލްސާގެ ތެރެއިން / ތޭރަ އޮންލައިން

ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ، ގައުމު ދެކެ ލޯބިވާ ހުރިހާ އެންމެންނަށް ދައުވަތު އަރުވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jan 25, 2026, 07:46 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް ގައުމު ދެކެ ލޯބިވާ ހުރިހާ އެންމެންނަށް އެ ޖަލްސާއަށް ދައުވަތު އަރުވާ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

ޖަލްސާ އޮންނާނީ ހ. ދޫވެހީގައި ހުންނަ އެ ޕާޓިގެ އޮފީހުގައި މިރޭ 8:45 ގައި އެވެ. މި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި ޕާޓީގެ އިސް ބޭފުޅުންނާއި އާންމު މެންބަރުން ބައިވެރިވުމަށް ވަނީ ދައުވަތު އަރުވާފައެވެ.



ޕީއެންއެފް އިން ބުނި ގޮތުގައި މިފަދަ ޖަލްސާތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ސަރުކާރު ޒިންމާދާރު ކުރުވުމާއި، ގައުމުގައި ހިނގަމުންދާ މުހިންމު ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމެވެ. އަދި މި ޖަލްސާތަކުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ މުހިންމު ފައިދާކުރަނިވި މައުލޫމާތުތަކެއް ފޯރުކޮށްދެވޭ ކަމަށްވެސް އެ ޕާޓީން ފާހަގަކުރެއެވެ.



މިރޭގެ ޖަލްސާގައި ވެސް ގައުމީ ބޮޑެތި މައްސަލަތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ދާއިރާތަކުން ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ޕީއެންއެފް އިން އަންނަނީ ކޮންމެ ހަފުތާއަކުވެސް މިފަދަ ޖަލްސާތައް ބާއްވައި، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.


ފްރޮންޓް އޮފީހުގެ ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންވެސް ދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved