March 19, 2026
Advertisement
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް / މަޖިލިސް

މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިނުގަތުމަށް އެދެން: މަޖިލިސް ރައީސް

Aishath Naja
އައިޝަތު ނަޖާ
Mar 8, 2024, 04:50 AM
މާލެ ސިޓީ

އެއްވެސް ފަރާތަކުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިލްތިމާސް ކުރައްވައިފިއެވެ.

Advertisement

މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހަމަލާ ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ދެއްކެވި ވާހަކަފުޅަކީ ވަޒީރަކު ވިދާޅުވުމަށް އެކަށީގެންނުވާ އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ދެކިވަޑައިގަންނަވާ ކަމަށެވެ.

އެގޮތަށް އޭނާ ވިދާޅުވީ މަޖިލިހުގެ މެމްބަރުންނަށް އިޝާރާތް ކުރައްވައި "ދަތް ދޮޅި" މި ބަސް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ބޭނުން ކުރެއްވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތަކަށް ވީހިނދު ސަރުކާރުގެ ވަޒީރަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޖިސްމާނީ އާނިޔާ ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަފުޅު ދެއްކެވުމަކީ މަޖިލީހުގެ ރައީސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިންޒާރުތައް ދެމުންދާ މި ދަނޑިވަޅުގައި ރައީސްގެ ކުރިފުޅުމަތީ ވަޒީރަކު އެގޮތަށް ވާހަކަދެއްކެވުމުން އެކަން މަޖިލީހުގެ ރައީސް ހަރުކަށި އިބާރަތުން ކުށްވެރި ކުރާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވުމަށް ވެސް ބަޔާނުގައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved