March 13, 2026
Advertisement
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް / މާލެ ސިޓީ ކައުންސިލް

އާޒިމް ކައުންސިލް ތެރެއިން މައްސަލަތައް ބަލަން އުޅުނީ 2 ވަނަ ދައުރެއް ބޭނުންވެގެން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jan 25, 2026, 10:17 PM
މާލެ ސިޓީ

މިހާރު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި އާދަމް އާޒިމް، އެ ކައުންސިލް ތެރޭގައި ހިނގާފައި ހުރި ޖަރީމާތަކުގެ މައްސަލަތައް ބަލަން ފެށީ ދެވަނަ ދައުރެއްގެ ދަހިވެތިކަމުގައި ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހުގެރޭ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ކައުންސިލް އިންތިހާބުގެ ކަންކަމަށް އަލި އަޅުވާލައްވަމުން ރައިސް ޔާމީން ވަނީ އާޒިމް، ރައީސް މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނަވާ ހިންގެވި ޖަރިމާތައް ފޮރުވަން މަސައްކަތްކުރެއްވި ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެގޮތުން އެމްއެންޕީއަކު ހަދާފައިވާ ސިއްރު "ޑީލް"އެއްގެ ދަށުން އާޒިމް ވެސް އޭގައި ހިމެނޭ ގޮތަށް ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ހިންގާފައި ހުރި ކަންކަން ނުބަލަން އެއްބަސްވެފައިވީ ނަމަވެސް ޕީއެންއެފްގެ ޖަލްސާތަކުގައި އާޒިމް އެ މައްސަލަތައް ނުބަލާކަން ފާހަގަކޮށް ރައްޔިތުންނަށް އެކަންކަން ތިލަކޮށްދޭން ފެށުމުން ދެ ވަނަ ދައުރެއް ބޭނުންވެފައި ހުރުމާއެކު އާޒިމަށް އެ މައްސަލަަތައް ބަލަން މަޖްބޫރުވެ އެކަންކަން ބަލަން ފެށީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އާޒިމްމެންނާ އެކު ޑީލު ހަދާ ރައީސް މުއިއްޒު ވެސް ބޭނުންވަނީ އާޒިމް ކައުންސިލަށް ހޮވެން ކަމަށާ އެއީ އެމަނިކުފާނުގެ ކަންކަން ސިއްރުކޮށްދޭނީ އާޒިމް ކަމަށް ވުމުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved