
ޑޮލަރުގެ އަގު ކުޑަވާނެކަމަށާއި އެކަން ކުރަނީ މި ސަރުކާރުންކަމަށްބުނެ ދެއްކި ވާހަކަތަކަށް ދޮޮގަކަށްވުމުން ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވީ ޑޮލަރުގެ އަގު ކުޑަނުވަނީ ސަރުކާރު ތެރޭ ވައްކަމާއި ކޮރަޕްޝަން ގިނަވެފައިވާތީކަމަށެވެ.
ޑޮލަރުގެ އަގު ކުޑަކުރާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވައުދުވެފައެވެ.
އަދި ވެރިކަމަށް އައުމަށްފަހު ޑޮލަރުގެ އަގާއި ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭ ޑޮަލަރުގެ އަގު ވެއްޓޭނެކަމަށެވެ.
ނަމަވެސް އެކަން ވެގެންދިޔައީ ދިމާއިދިކޮޅަށެވެ. ޑޮލަރު 19 ރުފިޔާއިން 20އަށް އަދި 23.ރ އަށް ބޮޑުވެގެން ދިޔައެވެ.
އެހެންނަމަވެސް މިއަދު ސަރުކާރުން ޑޮލަރުގެ އަގާބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ.
މަލީހު ޕޯސްޓުގައި ވިދާޅުވީ އެކަން ރަނގަޅުކުރުމުގެ ބަދަލުގައި ސަރުކާރުން ބަލަނީ ޖެހުނު އެއްޗެއް ވިއްކާލެވޭތޯކަމަށެވެ.










