March 19, 2026
Advertisement
ޑރ ޖަމީލު ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ
ޑރ ޖަމީލު ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ގައުމު ޚަރާބުވެގެންދާއިރު ސިޔާސީ ވެރިން ތިބީ އަމިއްލަ އެދުމުގައި: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 1, 2026, 03:54 AM
މާލެ ސިޓީ

ގައުމު ޚަރާބުގެ މަގަށް ދަތުރުކުރާއިރު ސިޔާސީ ވެރިން ތިބީ އަމިއްލަ އެދުމުގައި ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ނުރުހުން ސިޔާސީ ވެރިންނަށް އަމާޒުކުރައްވައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ކައިރިވަމުން އަންނައިރު ރައްޔިތުން ވިސްނަން ޖެހޭ ކަންކަން ހުރިކަން ބަޔާންކުރައްވާ ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ތާއީދުކުރައްވާ ޕީއެންއެފްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޑރ ޖަމީލު ވިދާޅުވީ މިއަދު ގައުމުގައި ފެންނަން އޮތް ހިތި އެހެން ނަމަވެސް ހަގީގަތަކީ ސިޔާސީ ކޮންމެ ވެރިއަކުވެސް ތިބީ އަމިއްލަ ޖީބަށް ވަންނަ ފައިސާ ފޮތީގެ ދަހިވެތިކަމުގައި ނޫނީ އަމިއްލަ ޖާހަތު ބޮޑުކުރުމަށް ސަރުކާރު ތެރެއިން ލިބެމުން އަންނަ މާދިއްޔަތުގައި ޖެހި ހަނު ކަމަށެވެ.

ރައްޔިތުންނާ މެދު ވިސްނާ ފިކުރު ސިޔާސީ ބަޔަކު މިއަދު ނެތް ކަމަށާ ވެރިކަމުގައި ތިބި މީހުންވެސް ތިބި ރައްޔިތުންނަށް ޣައްދާރުވެ އިހާނެތިވެފައި ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވިއެވެ.


ޑރ ޖަމީލު އިތުރަށް ވިދާޅުވީ ދީނުންވެސް އެނގެން އޮތް ހަގީގަތަކީ ގައުމެއްގެ ހާލަތު ކަލާނގެ ބައްދަލުކުރައްވަނީ އެ ގައުމެއް ހާލާތު ބަދަލުކުރުމުގެ ފިކުރާ ޚިޔާލު ރައްޔިތުންގެ ކިބައިގައި ހުރެގެން ކަމަށެވެ. ގައުމެއްގެ ކަންކަން ޚަރާބުގެ މަގުން ދާނަމަ އެކަންކަން ހަމަ މަގަށް އަޅުވާނީ އެގައުމެއްގެ ރައްޔިތުންކަން ކައިރި މާޒީގައި އަވައްޓެރި އެތައް ގައުމަކުންވެސް ފެނިގެން ގޮސްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved