March 19, 2026
Advertisement
މަލީހު ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
މަލީހު ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

މުއިއްޒު ދައުލަތަށް ދޭ ގެއްލުން ރުފިޔާއިން އަގު ނުކުރެވޭނެ: މަލީހް

Yana Shareef
ޔާނާ ޝަރީފް
Feb 1, 2026, 09:08 PM

ރައީސް މުއިއްޒު ދައުލަތަށް ދޭ ގެއްލުން ރުފިޔާއިން އަގު ނުކުރެވޭނެކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މަލީހު ވަނީ އެކްސްގައި ކުރި ޕޯސްޓުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ގާނޫނަށް ގެނައި އިސްލާހު ގޯސްކަމަށް ފާޙަގަކުރައްވާ ފާޑުވިދާޅުވެފައެވެ.

މަލީހު ވިދާޅުވީ ގާނޫނު އަސާސީ އަކީ ރައީސް މުއިއްޒުގެ ނަޒަރުގައި ދިމްޔާތު ދޮރުމަތީ ބާއްވާފައި އޮންނަ ފައިފުއްސެއްކަމަށެވެ.

މިއީ ދެރަވަރުކަމަށާއި ދައުލަތަށް ރައީސް މުއިއްޒު ދޭ ގެއްލުން ރުފިޔާއިން އަގު ނުކުރެވޭނެކަމަށް މަލީހު ވިދާޅުވިއެވެ.

ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ހުސް ގޮނޑި ދައްކައިގެން ވެރިކަމަށް އައުމަށް މުޅި ދައުލަތް ލޫޓުވަމުން ގެންދަނީ ރައީސް މުއިއްޒާއި ފަސްޓު ލޭޑީ ސާޖިދާ މުހައްމަދުކަމަށް ވެސް މަލީހު ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.

މިވަގުތު ރާއްޖޭގެ އިގްތިޞާދީ ހާލަތު އޮތް ގޮތުން ރައީސް މުއިއްޒަށް އެކަނިން މެނޭޖެއް ނުކުރެވޭނެކަމަށާއި އެކަމާ ހަވާލުވެ ހުންނެވީ މުއިއްޒަށްވުރެ ދޯހަޅިު ބޭދުޅުން ކަމަށް ވެސް މަލީހުގެ ޕޯސްޓެއްގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved