March 19, 2026
Advertisement
-
- / ރައީސް އޮފިސް

އިންސާފަކި ހަމައެކަނި ރަދީފުގައި އޮންނަ އެއްޗެއް: ރައީސް ޔާމީން

Feb 2, 2026, 02:32 AM
މާލެ ސިޓީ

ދިވެހިރާއްޖޭގައި "އިންސާފު" އެއީ ހަމަ އެކަނި ރަދީފުގއި އޮންނަ ބަހަކަށްވެފައިވާ ކަމެއް ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ފްރޮންޓު އޮފީހުގައި އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ސްޕީކާރގެ މައުޟޫއަށް ނަޒަރު ހިންގަވާލައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

"ހަމަހަމަކަން" މި މައުޟޫއަށް ސްޕީކަރ ޝަރީފާ ސައީދު ދެއްކެވި ވާހަކައަށް އިންސާފުކޮށް ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އިންސާފު ލިބުމުގެ މުހިއްމުކަން ރައްޔިތުންނަށް ވަރަށް ރަގަޅަށް ވިސްނައިދޭން ޝަރީފާ މަސައްކަތްކުރައްވާއިރު ރާއްޖޭގައި އިންސާފަކީ މިއަދު ލިބުމަށްވުރެ ނުލިބުން ގާތް އެއްޗަކަށް ވެފައިވާ ކަމަށެވެ.

އެގޮތުން ދައުވާތަކުގައި ދައުލަތުން ހުށަހަޅާ މައްސަލައެއް ނަމަ ކޮންމެ ފަނޑިޔާރަކުވެސް ދައުލަތަށް ވަކިން ފުރުސަތުދޭކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެއީ އެކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށާ ދައުލަތް ތަމްސީލު ކުރާ ވަކީލުންނަށްވެސް އެމީހުން ދައްކަން ޖެހޭ ވާހަކައާ ދައްކަން ޖެހޭ ހާލަތް އަމިއްލައަށް އެނގެން ވާނެ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ ރާއްޖޭގެ ޖުޑިޝިއަރީއަކީ އިންސާފާ ވަރަށް ބީރައްޓެހި ދާއިރާއެއްގެ ގޮތުގައިވެސް ފާހަގަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved