March 20, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ޖަރުމަނަށް ރައީސް މުއިއްޒު ދެ ދުވަހަށް ކުރައްވާ ދަތުރުގައި 20 މީހުންގެ ބޮޑު ވަފުދެއް!

Yana Shareef
ޔާނާ ޝަރީފް
Feb 3, 2026, 12:51 AM

ޖަރުމަނުގެ ޔުނިވާސިޓީއެއްގައި ތަގުރީރު ކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް ފުރާވަޑައިގަންނަވަނީ ދެ ދުވަހަށް 22 މީހުންގެ ބޮޑު ވަފުދަކާއެކުކަން ހާާމަވެެއްޖެއެވެ.

Advertisement

އަދަދު ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން މުއިއްޒު ފުރާވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ. އަދި ޖަރުމަނަށް ވަޑައިގެންނެވޭނީ އަންގާރަ ދުވަހު ކަމަށް އަދަދު ނޫހަށް މައުލޫމާތު ދިން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ. ޖަރުމަނުން އެނބުރި ރާއްޖެއަށް ވަޑައިގަތުމަށް ފުރާވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މުއިއްޒު ޖަރުމަނުގައި ހޭދަ ކުރައްވާނީ ގިނަވެގެން ދެ ދުވަހެވެ. ނަމަވެސް އެ ކުރު މުއްދަތަށް ވެސް އެމަނިކުފާނާއެކު 22 އޮފިޝަލުން ހިމެނޭ ޓީމެއް ފުރުމަށް ހަމަޖެހިފައިވާ ކަމަަށް އޮފިޝަލް ވިދާޅުވި އެވެ.

މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވެއެވެ. ނަމަވެސް އަންނަ ހަފުތާގެ ބުދަ ދުވަހު ހަމްބޯލްޓް ޔުނިވާސިޓީ އޮފް ބާލިންގައި އެމަނިކުފާނު ތަގުރީރެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އެ ޔުނިވާސިޓީ އިން ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved