March 25, 2026
Advertisement
-
- / ރައީސް އޮފިސް

ރިޔާސީ ބަޔާނުގައި ކުރިން ދައްކަވާފައިވާ ވާހަކަތަކުގެ އަޕްޑޭޓް ނުދިނުމުން ޑރ ޖަމީލްގެ ފާޑުކިޔުން!

Yana Shareef
ޔާނާ ޝަރީފް
Feb 6, 2026, 12:04 AM

ރިޔާސީ ބަޔާން އިއްވި އިރު ކުރިން ދައްކާފައިވާ އެތައް ވާހަކައެއްގެ އަދާހަމަ ދެއްވާފައިނުވާތީ ޕީއެންއެފްގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.

Advertisement

ޑރ.ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ އެކްްސްގައި ކުރި ޕޯސްޓެއްގައެވެ.

ޖަމީލް ވިދާޅުވީ ރިޔާސީ ބަޔާނަކީ ގައުމުގެ ޙާލަތު ބަޔާންކޮށް އަދި ޙާލަތު ރަނގަޅުކުރުމަށްޓަކައި ރައީސަކު އަޅުއްވާނެ ފިޔަވު ބަޔާންކުރާ ދުސްތޫރީ ޒިއްމާއެއް އުފުލަންޖެހޭ ވަގުތެއްކަމަށެވެ.

އެހެންނަމަވެސް ރައީސް މުއިއްޒު ތަކުރާރުކޮށް އާވާހަކަތައް ދައްކަވާފަ ކުރިން ވިދާޅުވި ކަންތަކުގެ އަޕްޑޭޓެއް ނުދެއްވުމަކީ ޒިއްމާއަށް އިހްމާލުވުންކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވަނީ އައު އެތައް ވައުދެެއް ވެފައެވެ.

އެގޮތުން 2030 ވަނަ އަހަރުން ފެށިގެން ކޮންމެެ ރައްޔިތެއްގެ އކައުންޓަށް 400 އެމެރިކާ ޑޮލަރު ޖަމާވާނެކަމަށް ވެސް ވިދާޅުވިއެވެ.

އަދި ހޯމް ސްކޫލިންގ އާއި އެހެނިހެން ކަންކަން ވެސް ފަށަން ތައްޔާރުވެފައިވާކަމަށް ވިދާޅުވެފައެވެ.

ރިޔާސީ ބަޔާނުގައި ގިނައީ ކުރަން އުޅުއްވާ ކަންކަން ކަމަށް ބުނެ އިދިކޮޅުން ވެސް އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved