March 25, 2026
Advertisement
ރައްޔިތުންގެ އަނގަމަތީގައި މަލަން އަޅައި ބަންދުނުކުރެވޭނެ
ރައްޔިތުންގެ އަނގަމަތީގައި މަލަން އަޅައި ބަންދުނުކުރެވޭނެ / އެމްޑީޕީ

މިއަދު އިއްވީ އަވާމެންދުުރެއް ފަދަ ރިޔާސީ ބަޔާނެއް: ޝާހިދު

Yana Shareef
ޔާނާ ޝަރީފް
Feb 6, 2026, 04:24 AM

ރައީސް މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާން އޮތީ، އިންތިހާބެއް ބޯމަތިވެފައި އޮތުމުން ރައްޔިތުންނަށް ދެއްކެވި ހުވަފެނެއްގެ ގޮތުގައި ކަމަށާއި އެއީ އަވާމެންދުރެއްފަދަ ރިޔާސީ ބަޔާނެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

Advertisement

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ‏މިއަދުގެ ރިޔާސީ ބަޔާނުން ރައްޔިތުންގެ އުދާސްތަކަށް ތަސައްލީއެއް ނުލިބުނު ކަމަށާއި ބަދަލުގައި ލިބުނީ ނާއުއްމީދާއި މާޔޫސްކަން ކަމަށެވެ. 

ރައީސް މުއިއްޒުގެ މި ހިނގާ  ރިޔާސީ ދައުރުގައި މިއަދު އިއްވެވި 3 ވަނަ ރިޔާސީ ބަޔާންވެސް ފާހަގަވެގެން މިދިޔައީ، ފާއިތުވެދިޔަ 2 ރިޔާސީ ބަޔާނެކޭ އެއްފަދަ، އަވާމެންދުރެއް ފަދަ ރިޔާސީ ބަޔާނެއްގެ ގޮތުގައި މިއަދުގެ ރިޔާސީ ބަޔާން އޮތީ، އިންތިޚާބެއް ބޯމަތިވެފަ އޮތީތީ ރައްޔިތުންނަށް ދެއްކެވި ނަނާ ހުވަފެނެއްގެ ގޮތުގައިކަމަށް ޝާހިދު ވިދާޅުވިއެވެ

‏ފާއިތުވެދިޔަ 2 އަހަރުގެ ރިޔާސީބަޔާނުގައި ވައުދު ވެވަޑައިގެންނެވި އެއްވެސްކަމެއް ކުރެވިފައި ނެތް އިރު އެ ވައުދުތައް ވަޅުލައި ކަފުންކޮށްފައި، އިތުރު ދޮގުތަކެއް ރައްޔިތުންގެ ކުރިމަތީ ހާމަ ކުރެއްވުމަކީ ރައްޔިތުން އަގެއްނެތް ބަޔަކަށް ހެއްދެވުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

‏މިއަދުގެ ހަގީގަތަކީ ފަތު އަޑުކިޔާފައި ތަކެތީގެ އަގު އުފުލެމުން ދިއުމާއި ޑޮލަރުގެ އަގު އަތް ނުފޯރާފަށަށް އުފުލި، ވިޔަފާރިތައް އިނދަޖެހި، އިގްތިސާދު ފާލުން ނެއްޓި، މުޅި ގައުމަށް ކުރިމަތިވެފައިވާ ގިލަންވެރިކަމަށް އެއްވެސް ހަލެއް ފެންނަންނެތުން ކަމަށް ޝާހިދު ވިދާޅުވި އެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved