theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / އެމްޑީޕީ
ސިޔާސީ
ޝާހިދުގެ މައްސަލަތަކެއް ބަލަން ފަށާނެކަމަށް ބޮޓޭކޯ އިއުލާނުކޮށްފި
02 ސެޕްޓެމްބަރު 2025

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދުގެ މައްސަލަތަކެއް ވަރަށް އަވަހަށް ބަލަން ފަށާނެ ކަމަށް ޕީއެންސީ ޕީޖީ ގުރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު (ބޮޓޭކޯ) ބުނެފިއެވެ.

ބޮޓޭކޯ މިގޮތަށް އިއުލާނު ކުރީ އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެމްޑީޕީ އިން އޮކްޓޯބަރު 3، ގައި މުޒާހަރާއެއް ކުރަން ނިންމާފައިވާ ކަމަށެވެ.

އެޔާކު ބޮޓޭކޯ ބުނީ މުޅި ގައުމު ދަވާލައިގެން ވާހަކަ ދައްކާކަށް ޝާހިދު މާ ރަނގަޅު ނޫންކަމަށެވެ. ބޮޓޭކޯ މިފަދައިން ބުނިއިރު މި ސަރުކާރުން ވެސް އަންނަނީ ރައްޔިތުންގެ ބައިތުލްމާލު ބަނޑުއަޅަމުންނެވެ.

އިދިކޮޅުގައި ތިއްބެވި ސިޔާސީ ލީޑަރުންގެ މައްސަލަތައް ބަލާނެކަމަށް މި ސަރުކާރުގެ ވެރިން ބުނަމުން އަންނާތީ ގިނަ ބަޔަކު އަންނަނީ ފާޑުވެސް ކިޔަމުންނެވެ.

އެގޮތުން އިގްތިޞާދު އޮތީ އަނދަވަޅަކަށް ވައްޓާލާފައިކަމަށް ބުނެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޖަލްސާތަކުގައި ވާހަކަ ދެއްކެވުމަށްފަހު މުއިއްޒު ވަނީ ވެރިކަމަށް އައުމަށްފަހު ކުރިޔަށްވުރެ ބޮޑަށް ރާއްޖެ ބަނގުރޫޓުކޮށްފައެވެ.

މަޖިލީހުގެ މެމްބަރުންނަށް ކަޅު ދަބަހުގައި ފައިސާ ބެހުމާއި ތަކެތީގެ އަގުފުލާ ރައްޔިތުން ބަނޑަށް ޖެއްސޭނެ އެތަކެއް ގޮތެއް ހަދަމުން އަންނަ ސަރުކާރުން އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްސަލަތައް ބަލާނެކަމަށް ބުނުމަކީ ލަދުވެތިވާންޖެހޭކަމެއްކަމަށް ގިނަ ބަޔަކު ބުނެއެވެ.

ޝާހިދުގެ މައްސަލަތައް ބަލާނެކަމަށް ބޮޓޭކޯ ބުނިއިރު 2028 ވަނަ އަހަރު އޮންނ ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޔާމީން ޖަލަށް ލާނެކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved