March 25, 2026
Advertisement
-
- / އަދަދު

އަބްދުއްރަހީމްގެ ކޮއްކޮ ޕީއެންސީއާއި ދެކޮޅަށް އަމިއްލަ ގޮތުން ކުރިމަތިލުމުން، ދަރިފުޅު މަގާމުން ވަކިކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 6, 2026, 08:25 PM
މާލެ ސިޓީ

ލ. ފޮނަދޫ ކައުންސިލްގެ ރައީސް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ގެ އެއްމާބަނޑު ކޮއްކޮ އަބްދުލްކަރީމް އަބްދުالله އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވުމާ ގުޅިގެން، އޭނާގެ އަންހެން ދަރިފުޅު ސިޔާސީ މަގާމުން ވަކިކޮށްފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ދުންޔާ އަބްދުލްކަރީމް މަގާމުން ވަކިކުރީ، އޭނާގެ ބައްޕަ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓާ ދެކޮޅަށް ފޮނަދޫ ކައުންސިލަށް ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ. ދުންޔާ މަގާމުން ވަކިކޮށްފައިވަނީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މި ހާދިސާއާއެކު، ސަރުކާރުގެ އެތެރޭގައި އުފެދިފައިވާ ކޯޅުންތަކާއި ހިތްހަމަނުޖެހުންތައް މިވަނީ އިތުރަށް ހާމަވެފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އަބްދުއްރަހީމާއި ރައީސް މުއިއްޒާ ދެމެދު ވަނީ ބޮޑެތި މައްސަލަތަކެއް ޖެހިފައެވެ. ވެރިކަމުގެ ބާރުވެރިކަމުގެ ތެރޭގައި އުފެދުނު މި ހަމަނުޖެހުންތަކުގެ ސަބަބުން، ރައީސް މުއިއްޒު ގެންދަވަނީ އަބްދުއްރަހީމްގެ ނުފޫޒު ސަރުކާރުގެ ތެރެއިން ކަނޑުވާލުމަށް ފިޔަވަޅުތައް އަޅަމުންނެވެ.

މީގެ ކުރިންވެސް، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިފުޅު އިބްރާހިމް ފައިސަލްއާ މެދުވެސް މިފަދަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރެވެއެވެ. ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އަބްދުއްރަހީމްގެ އާއިލީ ބޭފުޅުންނަށް އަމާޒުކޮށް ސަރުކާރުން އަޅަމުންދާ މި ފިޔަވަޅުތަކަކީ ޕީއެންސީގެ އެތެރޭގައި އޮތް ބާރުވެރިކަމުގެ ހަނގުރާމައިގެ ބައެކެވެ.

މި ބަދަލާއެކު، ސަރުކާރު ހިންގާ ކޯލިޝަންގެ އެތެރޭގެ ބައިބައިވުން ބޮޑުވެ، ރައީސް މުއިއްޒާއި އަބްދުއްރަހީމާ ދެމެދު އޮތް ގުޅުން ވަނީ ނުހަނު ބޮޑަށް ގޯސްވެފައެވެ.

ކޮމެންޓު
ކޮމެންޓްތައު
ހާސިންޖީ
Feb 6, 2026, 11:23 PM
ގުޅުން ގޯސްކަމެއް ނޭންގޭ ރަށުގެ ވެމްކޯއަށް މި އިންތިހާބާ ދިމާކޮށް 15 މުވައްޒަފުން ވަނީ ވައްދާފަ ކައްދޫއަށް 10 މީހުން އިއުލާންވެސް ކޮށްލުމެއްނެތި ނަގަމުންދަނީ އަންނަ ހަފުތާގަ 10 މުވައްޒަފުންނަގަން ލިސްޓްވަނީ ހަދާފަ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved