March 8, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޗައިނާއިން ވަރުގަދަ ހަނގުރާމަ މަނަވަރެއް ކަމަށްވާ "ލުއާނިއާއޯ" ފަރުމާކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 7, 2026, 07:01 PM
މާލެ ސިޓީ

ޗައިނާގެ ކަނޑުގެ ސިފައިންގެ ބާރުގަދަކުރުމުގެ ގޮތުން، ޒަމާނީ ޓެކްނޮލޮޖީއާ އެކު ފަރުމާކޮށްފައިވާ އާދަޔާޚިލާފު ހަނގުރާމަ މަނަވަރެއް އުފެއްދުމުގެ މަޝްރޫއެއް އެގައުމުން ހާމަކޮށްފިއެވެ. "ލުއާނިއާއޯ" ގެ ނަމުން ނަންދީފައިވާ މި އުޅަނދަކީ މުސްތަގުބަލުގެ ހަނގުރާމަތަކަށް އަމާޒުކޮށްގެން ތައްޔާރުކުރާ 800 ފޫޓު ދިގު އުޅަނދެކެވެ.

Advertisement

މި އުޅަނދުގެ އެންމެ ހާއްސަ އެއް ކަމަކީ އިންސާނުންނާ ނުލައި ދުއްވާ "އަންމޭންޑް" ފަޔަރ ޖެޓްތައް ބެހެއްޓޭނެ އިންތިޒާމު ހަމަޖެހިފައިވުމެވެ. މީގެ އިތުރުން، ޖައްވުން ހައިޕަރސޮނިކް މިސައިލްތައް ފޮނުވާލުމުގެ ގާބިލުކަން ލިބިގެންވާ ގޮތަށް މި މަނަވަރު ވަނީ ފަރުމާކޮށްފައެވެ. މިއީ ދުޝްމަނުންގެ ރޭޑާރުތަކަށް ފަސޭހައިން ނުފެންނާނެ ފަދަ "ސްޓެލްތު" ފީޗާސްތަކެއް ހިމެނޭ ގޮތަށް ބިނާކުރާ އުޅަނދެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗައިނާގެ މި އާ އުޅަނދުގެ ސަބަބުން ކަނޑުގެ ސަރަހައްދުތަކުގައި އެގައުމުގެ އަސްކަރީ ބާރު ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ. ހާއްސަކޮށް، ޖައްވީ ޓެކްނޮލޮޖީއާއި ކަނޑުގެ ބާރުވެރިކަން އެއްކޮށްލައިގެން އުފައްދާ މި އުޅަނދަކީ އަސްކަރީ ދާއިރާގައި އިންގިލާބީ ބަދަލަކަށް ވާނެ ކަމަށް މާހިރުން ލަފާކުރެއެވެ.

މި މަޝްރޫއަކީ ޗައިނާގެ އަސްކަރިއްޔާ ޒަމާނީކުރުމަށް ކުރިއަށްގެންދާ "ގްލޯބަލް ޕަވަރ" ވިޝަންގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ. މި އުޅަނދު އުފައްދައި ނިމުމުން، މިއީ ދުނިޔޭގެ ކަނޑުތަކުގައި ދުއްވާ އެންމެ ވަރުގަދަ އަދި އެންމެ ޓެކްނޮލޮޖީ ގޮތުން ކުރިއަރާފައިވާ އެއް އުޅަނދަށް ވެގެންދާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved